އިޢުލާން
މަރަދޫ އަވަށުއޮފީހުގައި ހުރި ބައުވެފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ
މަރަދޫ އަވަށު އޮފީހުގައި ހުރި ބައުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ކުރެވުނު ނަންބަރ:( IUL)426/426/2026/241) އިޢުލާނާއި ގުޅިގެން ނުވިކި ބައެއް ތަކެތި ހުރުމާއެކު ދެވަނަ ފަހަރަށް އެތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ވިއްކާލުމަށް ބޭނުންވާތަކެތީގެ މަޢުލޫމާތު ތިރީގައި ދެންނެވީމެވެ.
|
# |
ތަފްސީލް |
އަދަދު |
|
1 |
އޮފީސް ގޮނޑި ( ހައިބެކް ) |
1 |
|
2 |
އޮފީސް ގޮނޑި ( ހައިބެކް ) |
1 |
|
3 |
އޮފީސް ގޮނޑި ( ހައިބެކް ) |
1 |
|
4 |
އޮފީސް ގޮނޑި ( ހައިބެކް ) |
1 |
|
5 |
އޮފީސް ގޮނޑި ( ހައިބެކް ) |
1 |
|
6 |
އޮފީސް ގޮނޑި ( ހައިބެކް ) |
1 |
|
7 |
އޮފީސް ގޮނޑި ( ލޯބެކް ) |
1 |
|
8 |
އޮފީސް ގޮނޑި ( ލޯބެކް ) |
1 |
|
9 |
އޮފީސް ގޮނޑި ( ލޯބެކް ) |
1 |
|
10 |
އޮފީސް ގޮނޑި ( ލޯބެކް ) |
1 |
|
11 |
އޮފީސް ގޮނޑި ( ލޯބެކް ) |
1 |
|
12 |
އޮފީސް ގޮނޑި ( ލޯބެކް ) |
1 |
|
14 |
ޕްރިންޓަރ ،ބްރަދަރ DCP-L2550DW |
1 |
|
15 |
ޕްރިންޓަރ ،ބްރަދަރ HL-22 |
1 |
|
16 |
ސީ.ޕީ.ޔޫ ( ސަމްސަންގް ) |
1 |
|
17 |
ސީ.ޕީ.ޔޫ (ޑެލް ) |
1 |
|
18 |
މޮނިޓަރ،އޭސަރ |
3 |
|
19 |
ފޯނު ހުދުކުލަ ( މޭޒުމަތީބަހައްޓާވައްތަރުގެ ) |
2 |
|
20 |
ފޮޓޯކޮޕީ މެޝިން ،ކެނޮން Image runner 2422L |
1 |
|
21 |
އެއަރކޮންޑިޝަން، އިންޑޯ އައްޓްޑޯ ޔުނިޓާއެކު( ހިޓާޗީ) |
3 |
|
22 |
ޕޭޕަރ ޝްރެޑަރ |
1 |
|
23 |
ކީބޯޑް- ލޮޖިކް |
1 |
ނީލަން ކިޔުން އޮންނާނީ 20 ސެޕްޓެމްބަރ ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މަރަދޫ އަވަށުއޮފީހުގެ ގޯތިތެރޭގައެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތަކުން 17 ސެޕްޓެމްބަރ 2026 އިން 18 ސެޕްޓެމްބަރ 2026 އަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 13:00 އަށް މަރަދޫ އަވަށު އޮފީހަށް ވަޑައި ގަތުމުން ތެކެތި ބެލޭނެ އިންތިޒާމް ވާނީ ހަމަޖެހިފައެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުގައި ތަކެތި ނަންގަވާ ބޭފުޅުން 03 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށްފަހު ތަކެތި ގެންގޮސް ނިންމަވަނަ ވާނެއެވެ، މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވާނަމަ ތަކެތި ދެވަނަ ފަހަރަށް ނީލަމަށް ލެވޭނެއެވެ.
ވީމާ ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ސެޕްޓެމްބަރ 2026 ވާ އާދިއްތް ދުވަހުގެ ހެނދުނު 10:00 އިން ނީލަމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
05 ރަބީއުލް އާހިރާ 1448
16 ސެޕްޓެމަބަރ 2026

