އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިންޓާންޝިޕް ފުރުސަތު - ޕްރޮޖެކްޓްސް އިންޓާން

22 ސެޕްޓެމްބަރ 2026     1 hour ago


އިންޓާންޝިޕް ފުރުސަތު

މަޤާމް:

ޕްރޮޖެކްޓްސް އިންޓާން

ބޭނުންވާ ޢަދަދު:

03

މަޤާމުގެ ގިންތި އާއި މުއްދަތު:

3 މަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޑެވެލޮޕްމަންޓް ސަރވިސް ސެކްޝަން / އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާއި އުމްރާނީ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމުގައި އެހީތެރިވުން.
  2. މަޝްރޫޢުތަކާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ރިޕޯޓްކުރުމާއި، ރެކޯޑްތައް ބެލެހެއްޓުމުގައި އެހީތެރިވުން.
  3. މަޝްރޫޢުތައް ރޭވުމާއި ތަންފީޛުކުރުމުގެ އަމަލީ މަސައްކަތްތައް ދަސްކުރުން.
  4. ސައިޓްތަކަށް ޒިޔާރަތްކޮށް، މަސައްކަތްތައް އިންސްޕެކްޓްކުރުމާއި ކުރިއަށްދާ މިންވަރު ބެލުމުގައި ބައިވެރިވުން.
  5. މަޝްރޫޢުތަކާ ގުޅޭ ރިޕޯޓްތަކާއި ސިޓީތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
  6. ކޮންޓްރެކްޓްތައް ބެލެހެއްޓުމާއި، ޕްރޮކިއުމަންޓް މަރުޙަލާތަކާއި، މަޝްރޫޢުތައް ވިލަރެސްކުރުމާ ގުޅޭ މަޢުލޫމާތު ހޯދުން.
  7. ޕްރޮޖެކްޓް އޮފިސަރުންނާއި، ކޮންސަލްޓަންޓުންނާއި، ކޮންޓްރެކްޓަރުންގެ އިތުރުން ކަމާގުޅޭ އެހެނިހެން ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
  8. މުނިސިޕަލް އުމްރާނީ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދޭ ގޮތުގެ އަމަލީ ތަޖްރިބާތައް ހޯދުން.

މަޤާމުގެ ޝަރުތުތައް:

  • އޯލެވެލް ނިންމާފައިވުން  ނުވަތަ،
  • އޭލެވެލް ނިންމާފައިވުން ނުވަތަ،
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މިނޫނަސް ގުޅުންހުރި އެހެނިހެން ދާއިރާތަކުން ތައުލީމް ހާސިލްކުރަމުންދާ ފަރާތްތައް

އިސްކަންދޭ ސިފަތައް:

  • މަސައްކަތް ދަސްކުރުމުގެ ޝައުޤުވެރިކަމާއި ފަރުވާތެރިކަން ހުރުން.
  • ޒިންމާދާރުކަމާއެކު މަސައްކަތަށް ވަގުތުދެވޭނެ ފަރާތަކަށްވުން.
  • މުޢާމަލާތްކުރުމުގެ ހުނަރާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު ހުރުން.
  • އުމްރާނީ އަދި މުޖުތަމަޢުގެ ތަރައްޤީއަށް ޝައުޤުވެރިވުން.
  • ރަސްމީ މާޙައުލެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

އިންޓާންޝިޕަށް އެދި ހުށަހެޅުން:

އިންޓާންޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީ ނުވަތަ މެއިލް އަދި ވަނަވަރު (CV)  އެޗް އާރު ސެކްޝަނުގެ މެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ·        ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ތަޖުރިބާއާއި ލިބިފައިވާ އެހެނިހެން ހުނަރު
  • ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއުކުރުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮގަސްޓް 28 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ސިޓީ ނުވަތަ މެއިލް އަދި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓި ނުވަތަ މެއިލް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޙު އެންގޭނެ ވާހަކަ ދަންވަމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

11 ރަބީޢުލްއާޚިރު 1448

22 ސެޕްޓެންބަރު 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CB/426/2026/326

ޕަބްލިޝް ކުރި ތާރީޚް: 22-09-2026

ސުންގަޑި: 2026-09-28 13:00:00