އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2026 އާއި ގުޅޭ

13 އޮކްޓޯބަރ 2026     14 hours ago


އިޢުލާން 

އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2026 އާއި ގުޅޭ

                2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ނިންމާފައިވާ "އައްޑޫ ބެޑްމިންޓަން ފިއެސްޓަރ" މިއަހަރުވެސް އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި މުބާރާތަކީ ސައުތު ޒޯން (އައްޑޫސިޓީ، ފުވައްމުލަކު ސިޓީ، ގދ، ގއ) އަށް ހުޅުވާލެވިގެން ކުރިއަށްގެންދެވޭ މުބާރާތެކެވެ.

                "އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2026" ގެ ނަމުގައި ބެޑްމިންޓަން މުބާރާތް 2026 ނޮވެންބަރު 04ވާ ބުދަ ދުވަހު އައްޑޫ ހިތަދު ޔޫތް ސެންޓަރުގެ ބެޑްމިންޓަން އެރީނާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ އޮޕެންސް އިވެންޓާއި ޓީމް އިވެންޓަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު 2026 އޮކްޓޯބަރު 22ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. އަދި މި މުބާރާތުގެ ޓީމް އިވެންޓްގެ ޓީމް ލިސްޓް ހުށަހެޅުމުގެ ފުރުސަތު 2026 އޮކްޓޯބަރު 29ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ސޯޝަލް އެފެއާސްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

02 ޖުމާދުލްއޫލާ 1448

13 އޮކްޓޯބަރު 2026



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AD/426/2026/344

ޕަބްލިޝް ކުރި ތާރީޚް: 13-10-2026

ސުންގަޑި: 2026-10-27 12:25:00