އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ މެދު ދާއިރާގެ ބައި-އިލެކްޝަނުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

26 ޖޫން 2019     4 years ago


އިޢުލާން

 

ޤާނޫނު ނަންބަރ: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 57 ވަނަ މާއްދާގެ ދަށުން އައްޑޫސިޓީ ކައުންސިލުގައި އުފެދިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހިތަދޫ މެދު ދާއިރާގެ ގޮނޑި 26 މެއި 2019 ގައި ވަނީ ހުސްވެފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޤަވާޢިދުގެ 17 ވަނަ މާދާގެ 17.1ގެ (ހ) ގައިވާ ގޮތުގެ މަތީން އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހިތަދޫ މެދުދާއިރާ ތަމްޞީލުކޮށްދިނުމުގެ ޝައުޤުވެރިކަން ހުރި  ކަނބަލުންނަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފީމެވެ.

މި ބައި-އިލެކްޝަނުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ކަނބަލުންނަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޤަވާޢިދުގެ ނަންބަރ: R-14/2012 ގެ 8 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ މިދަންނަވާ ސިފަތައް ފުރިހަމަވާ ފަރާތްތަކަށް ވާންވާނެއެވެ.  

ކޮމިޓީގެ ބައި-އިލެކްޝަނުގައި ބައިވެރިވުމަށް އެދޭ ފާރަތްތަކުގައި ހުންނަންޖެހޭ ސިފަތައް:

(ހ) އެ ރަށެއް ނުވަތަ އެސިޓީއެއްގެ އަންހެނުންގެ ތެރެއިން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ވެފައިވާ، ބުއްދި ސަލާމަތުން ހުރި ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގެ އިންތިޚާބީ ދާއިރާއެއްގައި ރަށްވެހިވެ ދިރިއުޅޭ މީހަކު ކަމުގައިވުން.

(ނ) ދިވެހިރާއްޖޭގެ އަސާސީ ތަޢުލީމުގެ ފެންވަރު ހުރި މީހަކު ކަމުގައި ވުން

(ރ) ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއް ކަމުގައި ނުވުން.

(ބ) ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައިވާ މީހަކު ކަމުގައި ނުވުން

(ޅ) އެއްވެސް މީހަކަށް އަދި ކުޑަ ކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައި ވުން

(އ) ފުލްޓައިމް ދަރިވަރަކު ކަމުގައި ނުވުން

(ވ) ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެ އެ ޙުކުމް ތަންފީޛުކޮށްފައިވާ މީހަކަށް ނުވުން

(މ) ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.

 

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި އައްޑޫސިޓީ ކައުންސިލްގެ އިލެކްޝަން ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

(ހ) ފުރިހަމަ ނަން

(ށ) އުފަން ތާރީޚް

(ނ) ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑްގެ ނަންބަރ ( ދިވެހިރައްޔިތެއް ކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑްގެ ދެފުށުގެ ސާފު ފޮޓޯކޮޕީ އަކާއިއެކު)

(ރ) ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި ރަށުގެ އެޑްރެސް އެނގޭގޮތަށް)

(ބ) މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި ރަށާއި ރަށުގެ އެޑްރެސް އެނގޭގޮތަށް)

(ޅ) އިންތިޚާބަށް ކުރިމަތިލާ ކޮމިޓީ ހިމެނޭ ކައުންސިލް

(ކ) ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން.

(އ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ -/250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ ޑިޕޮޒިޓް ފައިސާ (ނަގުދު ފައިސާ އިން)

(ވ) އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ނިޝާނެއް ބޭނުންކުރުމަށް ޤަޞްދު ކުރާނަމަ އެ ނިޝާން

(މ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި އައްޑޫސިޓީ ކައުންސިލްގެ އިލެކްޝަން ކޮމިޓީއަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ، ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޤަވާޢިދުގެ ނަންބަރ: 14-R/2012 ގެ 8 ވަނަ މާއްދާގައި ބުނެފައިވާ ސިފަތައް ފުރިހަމަވާ މީހެއް ކަމަށް (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ) އިޤްރާރުވެ، އެ އިޤުރާރު.

                                              

ވީމާ، ދެންނެވުނު ސިފަތައް ފުރިހަމަވާ ފަރާތްތަކުން 03 ޖުލައި 2019 ވާ ބުދަދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު، ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއިއެކު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އެޕްލިކޭޝަން ފޯމް ކައުންސިލް އިދާރާގެ ވެބްސައިޓް http://www.adducity.gov.mv އިން ވެސް ނެގޭނެއެވެ.

އެޕްލިކޭޝަން ފޯމް ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއް ކަމުގައިވާނަމަ، ފޯމް ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެއެވެ.

22 ޝައްވާލް  1440

25 ޖޫން 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2019/202

ޕަބްލިޝް ކުރި ތާރީޚް: 26-06-2019

ސުންގަޑި: 2019-07-03 13:30:00