އިޢުލާން - އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2026 މުބާރާތަށް ކެންޓީންގެ ފުރުސަތު ހުޅުވާލުން
އިޢުލާން
އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2026 މުބާރާތަށް ކެންޓީންގެ ފުރުސަތު ހުޅުވާލުން
އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2026" ގެ ނަމުގައި 2026 ޑިސެންބަރު 10 ވަނަ ދުވަހުން ފެށިގެން ހިތަދޫ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
އެހެންކަމުން، މުބާރާތް ކުރިއަށްދާ ވަގުތު ސްޓޭޑިއަމް ސަރަހައްދުގައި ކެންޓީން ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ 02 ފަރާތަކަށް އެފުރުސަތު ހުޅުވާލުމަށް މި އިދާރާއިން ވަނީ ނިންމާފައެވެ. ވީމާ، ކެންޓީންގެ ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމު 2026 ނޮވެމްބަރު 30 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ފުރިހަމަކުރެއްވުމަށް އެދެމެވެ.
ވަގުތު ހަމަވާއިރު އެއް ފަރާތައްވުރެ ގިނަފަރާތްތަކުން ހުށަހަޅައިފިނަމަ، ކެންޓީން ހިންގާނެ 2 ފަރާތެއް ނިންމާނީ އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތައް ބަލައި މި އިދާރާއިންނެވެ. އަދި ކެންޓީންގެ ޚިދްމަތް ދެއްވުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅުއްވާ ފަރާތްތަކަށް ކަރަންޓުގެ ޚިދްމަތް މި އިދާރާއިން ފޯރުކޮށްދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.
ކެންޓީންގެ ޚިދްމަތްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފޯމުގެ ލިންކް:
https://forms.gle/Z6y3g6C52gg3FhW26
07 ޖުމާދަލް އާޚިރާ 1448
17 ނޮވެމްބަރު 2026
