އިއުލާން - އިންޓާންޝިޕް ފުރުސަތު
އިންޓާންޝިޕް ފުރުސަތު | |
މަޤާމް: | ލީގަލް އިންޓާން |
ބޭނުންވާ ޢަދަދު: | 01 |
މަޤާމުގެ ގިންތި އާއި މުއްދަތު: | 3 މަސް |
ވަޒީފާ އަދާކުރަންޖެހޭ ތަން: | ލީގަލް ޔުނިޓް / އައްޑޫސިޓީ ކައުންސިލްގެ އިދާރާ |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 1. ކައުންސިލްގެ ޤާނޫނީ ކަންކަމާ ގުޅޭ އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރުމުގައި ލީގަލް ޔުނިޓަށް އެހީތެރިވުން 2. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކާ ގުޅޭ ކަންކަން ބެލެހެއްޓުމާއި، އެކަމާ ގުޅޭ ރެކޯޑުތައް ތަރުތީބުކޮށް ބެލެހެއްޓުމުގައި އެހީތެރިވުން. 3. ސެކްޝަންގެ އިސްވެރިޔާއާއި ކަމާގުޅޭ މުވައްޒަފުންނާ ގުޅިގެން ރަސްމީ ސިޓީތަކާއި، ފޯމުތަކާއި، ނޯޓިސްތަކާއި، ލިޔެކިޔުންތަކާއި އަދި އެހެނިހެން މުއާމަލާތްތައް ތައްޔާރުކުރުމުގައި އެހީތެރިވުން. 4. ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޤާނޫނީ ލިޔެކިޔުންތައް ދިރާސާކޮށް ތަރުތީބުކުރުމުގައި ލީގަލް ޔުނިޓަށް އެއްބާރުލުން ދިނުން. 5. ކައުންސިލްގެ އަވަށު އޮފީސްތަކަށާއި އެހެނިހެން ސެކްޝަންތަކަށް ދޭ ޤާނޫނީ ލަފާގެ މަސައްކަތްތަކުގައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. 6. އައްޑޫ ސިޓީ ކައުންސިލަށް ބޭނުންވާ ގަވާއިދުތަކާއި، އެއްބަސްވުންތަކާއި، އުސޫލުތައް ފަދަ ލިޔެކިޔުންތައް އެކުލަވާލުމާއި ތައްޔާރުކުރުމުގައި އެހީތެރިވުން. 7. ޤާނޫނީ ކަންކަމާ ގުޅޭ ރިޕޯޓުތައް ދިރާސާކޮށް ތަރުތީބުކުރުމާއި، އެކަމާ ގުޅޭ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވުން. 8. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަންބަރު: 1/2014) ގެ ދަށުން އިންފޮމޭޝަން އޮފިސަރު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގައި އެހީތެރިވުން. 9. ޤާނޫނީ ލިޔެކިޔުންތަކާއި މުއާމަލާތްތައް ފައިލްކޮށް، ރައްކާތެރިކަމާއެކު ރެކޯޑުތައް ބެލެހެއްޓުން. 10. ލީގަލް ޔުނިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ސެކްޝަންގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން. |
މަޤާމުގެ ޝަރުތުތައް: |
|
އިސްކަންދޭ ސިފަތައް | · މަސައްކަތް ދަސްކުރުމުގެ ޝައުޤުވެރިކަމާއި ފަރުވާތެރިކަން ހުރުން. · ޒިންމާދާރުކަމާއެކު މަސައްކަތަށް ވަގުތުދެވޭނެ ފަރާތަކަށްވުން. · މުޢާމަލާތްކުރުމުގެ ހުނަރާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު ހުރުން. · އުމްރާނީ އަދި މުޖުތަމަޢުގެ ތަރައްޤީއަށް ޝައުޤުވެރިވުން. · ރަސްމީ މާޙައުލެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން. |
އިންޓާންޝިޕަށް އެދި ހުށަހެޅުން: | އިންޓާންޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީ ނުވަތަ މެއިލް އަދި ވަނަވަރު (CV) އެޗް އާރު ސެކްޝަނުގެ މެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | · ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން · މަސައްކަތުގެ ދާއިރާއިން ތަޖުރިބާއާއި ލިބިފައިވާ އެހެނިހެން ހުނަރު · ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއުކުރުން |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ނޮވެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ސިޓީ ނުވަތަ މެއިލް އަދި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓި ނުވަތަ މެއިލް ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޙު އެންގޭނެ ވާހަކަ ދަންވަމެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
| |
14 ޖުމާދުލްލްއާޚިރު 1448 23 ނޮވެންބަރު 2026 | |
