އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހިތަދޫ މެދުދާއިރާގެ ބައި-އިލެކްޝަން ބޭއްވުން

26 ޖޫން 2019     4 years ago


އިޢުލާން

 

ޤާނޫނު ނަންބަރ: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 57 ވަނަ މާއްދާގެ ދަށުން އައްޑޫސިޓީ ކައުންސިލުގައި އުފެދިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހިތަދޫ މެދު ދާއިރާގެ ގޮނޑި 26 މެއި 2019 ގައި ހުސްވެ، އެ ދާއިރާ އަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިއަދު  ހުޅުވާލި ފުރުޞަތު، 03 ޖުލައި 2019 ގެ ނިޔަލަށް ހަމަވާނެއެވެ.

އެހެން ކަމުން، އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިން ހުސްވެފައިވާ ހިތަދޫ މެދުދާއިރާގެ ބައި-އިލެކްޝަނުގެ ސިއްރު ވޯޓްލުން، 13 ޖުލައި 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އިންތިޚާބް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހިތަދޫ ނޫރާނީ ސްކޫލްގައެވެ.

މި ވޯޓްލުމުގައި ބައިވެރިވެވޭނީ އެރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ރަށްވެހިވެފައިވާ، ވޯޓްލާ ދުވަހު އެރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ތިބި ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ އަންހެނުންނަށެވެ. 

22 ޝައްވާލް  1440

25 ޖޫން 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2019/203

ޕަބްލިޝް ކުރި ތާރީޚް: 26-06-2019

ސުންގަޑި: 2019-07-13 23:59:00