އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަދި މީދޫ އަވަށުގެ ރައްޔިތުންނަށް ހާއްސަކުރެވުނު ފްލެޓްތަކަށް އެދި ހުށަހެޅުނު ފޯމުތަކަށް ޕޮއިންޓް ދެވުނުގޮތުގެ ލިސްޓް

10 ޖުލައި 2019     5 years ago


އިޢުލާން

 

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން، ކެޓަގަރީ A ގެ ދަށުން ހުޅުދޫ އާއި މީދޫ އަވަށުގެ ރައްޔިތުންނަށް ޚާއްޞަކުރެވުނު 23 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 32 ފަރާތާއި، ކެޓަގަރީ C ގެ ދަށުން ހުޅުދޫ/މީދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވުނު 15 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 2 ފަރާތުގެ ތެރެއިން، ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް މި އިޢުލާނާއެކުގައި ޢާންމުކުރެވިފައި އެވަނީއެވެ. އަދި މި އިޢުލާނާއި ލިސްޓް މި އިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއި މިއިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިހުންނާނެއެވެ.

ވުމާއެކު، ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލިޔުމުން ސިޓީއުރައެއްގައި (ސިޓީއުރައިގެ ބޭރުގައި " ހުޅުދޫ ފްލެޓް A ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ، " ހުޅުދޫ ފްލެޓް C ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ޖެއްސެވުމަށްފަހު) އައްޑޫސިޓީ ކައުންސިލްގެ އިދާރާ ނުވަތަ ހުޅުދޫ އަވަށުއޮފީހަށް ، 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ. 

 

 ފޯމުތަކަށް ޕޮއިންޓް ދެވުނުގޮތުގެ ލިސްޓް 

07 ޛުލްޤަޢިދާ 1440

10 ޖުލައި 2019ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2019/221

ޕަބްލިޝް ކުރި ތާރީޚް: 10-07-2019

ސުންގަޑި: 2019-07-18 14:00:00