އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ވެހިކަލްތަކަށް ސްޕެއަރ ޕާރޓްސް ހޯދުމަށް ކުރެވުނު އިޢުލާނަށް ބީލަށް ވިއްކުން ފަސްކުރުން

10 ޖުލައި 2019     5 years ago


އިޢުލާން

 

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ވެހިކަލްތައް މަރާމާތު ކުރުމުގައި އެކި ފަހަރުމަތިން ބޭނުންވާ ސްޕެއަރ ޕާރޓްސްތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)426-AA/426/PRIV/2019/219 އިއުލާނަށް ބީލަން ވިއްކުންވަނީ ފަސް ކުރެވިފައެވެ.

ބިޑް ވިއްކުން އޮންނާނީ 2019 ޖުލައި 17 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 2019 ޖުލައި 23 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި ހުޅުދޫ އަދި މީދޫ އަވަށު އޮފީހުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 2019 ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2019 ޖުލައި 28 ވާ އާދިއްތަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2019 ޖުލައި 17 ވާ ބުދަ ދުވަހުން ފެށިގެން 2019 ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2019 ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

07 ޛުލްޤައިދާ 1440 

10 ޖުލައި 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2019/223

ޕަބްލިޝް ކުރި ތާރީޚް: 10-07-2019

ސުންގަޑި: 2019-07-23 13:00:00