އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިތަދޫ މެދުދާއިރާގެ ވަގުތީ ނަތީޖާ

13 ޖުލައި 2019     5 years ago


އިޢުލާން

 

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާ އާއި 57 ވަނަ މާއްދާގެ ދަށުން، އައްޑޫސިޓީގެ ބެލުމުގެ ދަށުގައި އޮންނަންޖެހޭ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމިޓީގައި ހިމެނޭ 7 މެންބަރުންގެ ތެރެއިން ވަކިވެފައިވާ އައްޑޫ ހިތަދޫ މެދު ދާއިރާއަށް މެންބަރަކު ހޮވުމަށްޓަކައި، ފުރުޞަތު ހުޅުވާލައި ކުރެވުނު މި އިދާރާގެ ނަންބަރ: (IUL)426-CA/426/2019/202  (25.6.2019) އިޢުލާނާއި ގުޅިގެން ކުރިމަތިލެއްވީ އެންމެ ފަރާތަކުންނެވެ.

އެހެންކަމުން، ހިތަދޫ މެދު ދާއިރާއަށް މެންބަރަކު ހޮވުމަށް 13 ޖުލައި 2019 ވާ ހޮނިހިރުދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ އިންތިޚާބް ނުބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޤަވާޢިދު ނަންބަރު: 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި ދާއިރާއަށް ކުރިމަތިލާފައިވާ ތިރީގައި މިދަންނަވާ ކެންޑިޑޭޓް ވޯޓުލުމެއްނެތި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވަނީ އިންތިޚާބު ވެފައެވެ.

  • އައްޑޫ ހިތަދޫ މެދު ދާއިރާ :  އާމިނަތު ސަނާ  ޑިލައިޓް ފޭސް  / ސ. ހިތަދޫ 

ވީމާ، މިކަމާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، 31 ޖުލައި 2019 ވާ ބުދަދުވަހުގެ 13.00 ގެ ކުރިން މި އިދާރާއަށް އެކަން ލިޔުމަކުން އަންގަވައި ދެއްވުން އެދި، ޢާއްމުކޮށް މިކަން އަންގާ އިޢުލާން ކުރަމެވެ. 

07 ޛުލްޤައިދާ  1440

10 ޖުލަ 2019ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2019/225

ޕަބްލިޝް ކުރި ތާރީޚް: 13-07-2019

ސުންގަޑި: 2019-07-31 13:00:00