އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން

15 ޖުލައި 2019     5 years ago


އިޢުލާން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހެޅުމަށް 02 އޭޕްރިލް 2019 އަށް ހުޅުވާލެވުނު ފުރުސަތުގައި ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކުންނާއި އެކި ސަބަބުތަކާހުރެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ނުވާ ގިނަ އަދަދެއްގެ ރައްޔިތުންގެ ޝަކުވާ ލިބެމުންދާތީ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައި، 1440 ވަނަ އަހަރު އެކުލަވާލި ފަޤީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ފަޤީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުން:

  • ތާރީޚް: 16 ޖުލައި 2019 އިން 17 ޖުލައި 2019 އަށް
  • ގަޑި: ހެނދުނު 09:00 އިން 13:00 އަށް
  • ޝަކުވާ ހުށަހަޅާނީ ސިޓީއަކުންނެވެ

 

ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހެޅުން:

  • ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ތާރީޚު: 16 ޖުލައި 2019 އިން 01 އޮގަސްޓް 2019 އަށް
  • ގަޑި: ހެނދުނު 09:00 އިން 13:00 އަށް

ހިތަދޫގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމާއި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާހުށަހަޅާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހިތަދޫ އަވަށު އޮފީހުގައެވެ.

12 ޛުލްޤަޢިދާ 1440

15 ޖުލައި 2019ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2019/236

ޕަބްލިޝް ކުރި ތާރީޚް: 15-07-2019

ސުންގަޑި: 2019-08-01 13:00:00