އިޢުލާން
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، ކެޓަގަރީ A ގެ ދަށުން ހިތަދޫ އަވަށުގެ ރައްޔިތުންނަށް ޚާއްޞަކުރެވުނު 150 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 446 ފަރާތާއި، ކެޓަގަރީ B ގެ ދަށުން މަރަދޫ އާއި މަރަދޫފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވުނު 30 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 54 ފަރާތާއި، ކެޓަގަރީ C ގެ ދަށުން ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވުނު 50 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 77 ފަރާތުގެ ތެރެއިން، ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް މި އިޢުލާނާއެކުގައި ޢާންމުކުރެވިފައި އެވަނީއެވެ. އަދި މި އިޢުލާނާއި ލިސްޓް މި އިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއި މިއިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިހުންނާނެއެވެ.
ވުމާއެކު، ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލިޔުމުން ސިޓީއުރައެއްގައި (ސިޓީއުރައިގެ ބޭރުގައި " އައްޑޫ ސިޓީގެ A ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ، " އައްޑޫ ސިޓީގެ B ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ، "އައްޑޫ ސިޓީގެ C ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ޖެއްސެވުމަށްފަހު) ހިތަދޫ އަވަށު އޮފީހަށް ނުވަތަ މަރަދޫ،މަރަދޫފޭދޫ،ފޭދޫ އަވަށުއޮފީހަށް ، 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.
ފޯމްތަކަށް ޕޮއިންޓު ދެވުނު ގޮތުގެ ލިސްޓް
14 ޛުލްޤަޢިދާ 1440
17 ޖުލައި 2019