އިޢުލާން
އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫ ސިޓީގެ 14 ބައިވެރިންނަށް މޫދު ކަސްރަތު އިންސްޓްރަކްޓަރ ކޯސް ހިންގަން ބޭނުންވެއެވެ. މި ކޯސް ކުރިއަށްދަނީ އައްޑޫ ސިޓީގެ ދެ ސަރަހައްދެއްގައެވެ. އެގޮތުން، ހުޅުދޫ އާއި މީދޫ މި 2 އަވަށަށް 1 ކްލާސް އަދި ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫ މި 4 އަވަށަށް 1 ކްލާސް ނަގާގޮތަށެވެ. މި ކޯސް ރާވާ ހިންގާ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ކަންކަން ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު - .
- ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލް ވާނޭ މިންވަރު.
- ކޯސް ކުރިޔަށް ގެންދާނެގޮތް.
- ކޯހުގެ މުއްދަތު.
- ކޯސް ހިންގައިދޭނޭ އަގު.
މާރކްސް ދެވޭނެގޮތް :
- އަގު %30
- ތަޖުރިބާ %30
- މުއްދަތު %20
- ހުށަހެޅުން %20
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 21 ޖުލައި 2019 ވާ އާދީއްތަދުވަހުގެ 13:00 އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 13:00 ގެފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ޕްރޮޕޯސަލް އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެއިލް އެޑްރެސް [email protected] އަށްވެސް ފޮނުވިދާނެއެވެ.
11 ޛުލްޤަޢިދާ 1440
14 ޖުލައި 2019