އިޢުލާން
އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫ އަވަށު އޮފީހުގައި ބޭނުންކުރުމަށް 1 ޓަނުގެ 02 ޕިކަޕް ގަންނަން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 29 ޖުލައި 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 04 އޮގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައާއި އަވަށު އޮފީސްތަކުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.
ބީލަންތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 05 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ 13:30 ގައި ކައުންސިލްގެ އިދާރާގެ ހޯލްގައި ، ހުޅުދޫ އަދި މީދޫ އަވަށުއޮފީހުގައެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 08 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:30ގައި ކައުންސިލްގެ އިދާރާގެ ހޯލްގައި ، ހުޅުދޫ އަދި މީދޫ އަވަށު އޮފީހުގައެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 30 ޖުލައި 2019 ވާ އަންގާރަ ދުވަހުން ފެށިގެން 07 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 07 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
އީމެއިލް: [email protected]
ކޮޕީ : [email protected]
22 ޛުލްޤައިދާ 1440
25 ޖުލައި 2019