އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - ސްޕޯޓްސް ސުޕަވައިޒަރ / ޖިމް އިންސްޓްރަކްޓަރ

21 އޯގަސްޓް 2019     4 years ago


ވަޒީފާގެ ފުރުސަތު

ކައުންސިލްގެ ނަންބަރު 426-BR(3)/2019/212 (16 ޖުލައި 2019) ނިންމުމާ ގުޅިގެން ތިރީގައި މި ދަންނަވާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމް

ސްޕޯޓްސް ސުޕަވައިޒަރ

ބޭނުންވާ ޢަދަދު:

01 (އެކެއް) – ހިތަދޫ ޔޫތް ސެންޓަރ

01 (އެކެއް) – މަރަދޫފޭދޫ ޔޫތް ސެންޓަރ

01 (އެކެއް) – ގަން ޔޫތް ސެންޓަރ

01 (އެކެއް) – ހުޅުދޫ ޔޫތް ސެންޓަރ

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (01 އަހަރު)

މަޤާމުގެ ރޭންކް:

ޖީ.އެސް 3

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިތަދޫ ޔޫތް ސެންޓަރ، ހިތަދޫ / އައްޑޫ

މަރަދޫފޭދޫ ޔޫތް ސެންޓަރ، މަރަދޫފޭދޫ / އައްޑޫ

ގަން ޔޫތް ސެންޓަރ، ގަން / އައްޑޫ

ހުޅުދޫ ޔޫތް ސެންޓަރ، ހުޅުދޫ / އައްޑޫ

މުސާރަ:

މަހަކު 4465/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު1500/-  ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޖިސްމާނީގޮތުންނާއި، ނަފްސާނީގޮތުން ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާ ކުރުމަށްޓަކައި ސިޓީ އަދި އަވަށުފެންވަރުގައި ކުޅިވަރު ހަރަކާތްތައް ރާވައި ހިންގުން.
  2. ސިޓީ އަދި އަވަށު ފެންވަރުގައި ބޭއްވޭ އެކިއެކި ކުޅިވަރު މުބާރާތްތައް ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން އިންތިޒާމުކުރުމާއި އަދި އެފަދަ ކުޅިވަރު މުބާރާތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަންދިނުން.
  3. ޒުވާނުންގެ މަރުކަޒުގައި ހިމެނޭ ކުޅިވަރާބެހޭ އެންމެހައި އިކުއިޕްމަންޓްތަކުގެ އިންވެންޓަރީއަށް ނަގައި ރެކޯޑްތައް ބެލެހެއްޓުމާއެކު، އެއްޗެއް ހަލާކުވެއްޖެނަމަ ކަމާގުޅޭ ޑިޕާޓްމަންޓްތަކާ އެކަން ހިއްސާކޮށް އެތަކެތި ހޯދުން.
  4. ޒުވާނުންގެ މަރުކަޒުން ހިންގާ ހަރަކާތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއެކު އެމަސައްކަތުގެ ރެކޯޑް ބެލެހެއްޓުން.
  5. ސްކޫލް / ޖަމްޢިއްޔާތަކުން ބާއްވާ އެކިއެކި ކުޅިވަރު ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުން.
  6. ކުޅިވަރު މުބާރާތްތަކަށް ފަރިތަކުރުމުގެ އިންތިޒާމުތައް ރާވައި ހިންގުން.
  7. ޒުވާނުންގެ މަރުކަޒުން ކުރިއަށް ގެންދިއުމަށް ރާވާ އެކިއެކި ހަރަކާތްތަކުގެ މަޢުލޫމާތު ކައުންސިލަށާއި ކަމާގުޅޭ އެންމެހާ ފަރާތްތަކާ ހިއްސާކުރުން.
  8. ޒުވާނުންގެ މަރުކަޒުން ހިންގާ ޕްރޮގްރާމުތަކުގެ ރިޕޯޓް މަހަކު އެއްފަހަރު ކައުންސިލާ ހިއްސާކުރުން.
  9. ވަޒީފާއާއި ބެހޭ ގާނޫނާއި، ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާ އަދާކުރުން.
  10. ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމު

ޖިމް އިންސްޓްރަކްޓަރ

ބޭނުންވާ ޢަދަދު:

01 (އެކެއް) – ހިތަދޫ ޔޫތް ސެންޓަރ

01 (އެކެއް) – މަރަދޫފޭދޫ ޔޫތް ސެންޓަރ

01 (އެކެއް) – ގަން ޔޫތް ސެންޓަރ

01 (އެކެއް) – ހުޅުދޫ ޔޫތް ސެންޓަރ

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (01 އަހަރު)

މަޤާމުގެ ރޭންކް:

ޖީ.އެސް 3

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިތަދޫ ޔޫތް ސެންޓަރ، ހިތަދޫ / އައްޑޫ

މަރަދޫފޭދޫ ޔޫތް ސެންޓަރ، މަރަދޫފޭދޫ / އައްޑޫ

ގަން ޔޫތް ސެންޓަރ، ގަން / އައްޑޫ

ހުޅުދޫ ޔޫތް ސެންޓަރ، ހުޅުދޫ / އައްޑޫ

މުސާރަ:

މަހަކު 4465/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު1500/-  ރުފިޔާ

އެހެނިހެން އިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމުގެ ގޮތުން ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށް ކަސްރަތު ޕްރޮގްރާމުތައް ރާވައި ހިންގުން.
  2. ޒުވާނުންގެ މަރުކަޒުން ހިންގާ ކަސްރަތު ޕްރޮގްރާމްތަކުގެ ރެކޯޑް ބެލެހެއްޓުމާއި (އަންހެން / ފިރިހެން އަދި އުމުރު އެނގޭނެހެން) އަދި އެ މަޢުލޫމާތު ކައުންސިލް އާއި ޙިއްސާކުރުން.
  3. ޒުވާނުންގެ މަރުކަޒުން ހިންގާ ކަސްރަތު ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  4. ޒުވާނުންގެ މަރުކަޒުން ކުރިއަށްގެންދާ ކަސްރަތު ޙަރަކާތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.
  5. ވަޒީފާއާ ގުޅޭގޮތުން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.

މަޤާމުގެ ޝަރުތުތައް

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން
  4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ސެޕްޓެންބަރ 2019 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން އެ އަވަށެއްގެ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ސެޕްޓެންބަރު 15 އާއި 2019 ސެޕްޓެންބަރު 23 އާ ދެމެދު، ކައުންސިލް އިދާރާ ނުވަތަ އަވަށު އޮފީސްތަކުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6888820  ނަންބަރު ފޯނާއެވެ.

19 ޛުލްޙިއްޖާ 1440

20 އޮގަސްޓް 2019

 


ބާވަތް: އިއުލާން

ނަންބަރ: (IUL)426-CB/426/2019/288

ޕަބްލިޝް ކުރި ތާރީޚް: 21-08-2019

ސުންގަޑި: 2019-09-05 14:00:00