އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަދި މީދޫ އަވަށު އޮފީހުގެ ބޭނުަމަށް 1 ޓަނުގެ 2 ޕިކަޕް ގަންނަން ބޭނުންވެއްޖެ

29 އޯގަސްޓް 2019     1 year ago


އިޢުލާން

 

 

އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫ އަވަށު އޮފީހުގައި ބޭނުންކުރުމަށް 1 ޓަނުގެ 02 ޕިކަޕް ގަންނަން ބޭނުންވެގެން ކުރި ނަންބަރު  (IUL)426-AA/426/2019/260  އިއުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީ، މި ދެންނެވުނު އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 01 ސެޕްޓެމްބަރ 2019 އާދީއްތަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 05 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައާއި އަވަށު އޮފީސްތަކުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 09 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގެ ހޯލްގައި ، ހުޅުދޫ އަދި މީދޫ އަވަށުއޮފީހުގައެވެ.  ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 12 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައި ، ހުޅުދޫ އަދި މީދޫ އަވަށު އޮފީހުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 02 އޮގަސްޓް 2019 ވާ ހޯމަ ދުވަހުން ފެށިގެން 11 ސެޕްޓެންބަރު 2019 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 11 ސެޕްޓެންބަރު 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

28 ޒުލްހިއްޖާ 1440 

29 އޮގަސްޓު 2019ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2019/308

ޕަބްލިޝް ކުރި ތާރީޚް: 29-08-2019

ސުންގަޑި: 2019-09-05 13:00:00