އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި ގާޑިޔާ ހިންގުމާއި ގުޅޭ

1 ސެޕްޓެމްބަރ 2019     1 year ago


އިޢުލާން

 

 

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގައިވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމަށްފަހު، ކުރަން އެދޭ ވިޔަފާރިއަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ހޯދަންޖެހޭ ވިޔަފާރިއެއް ނަމަ، އެވިޔަފާރިއެއް ކުރަންވާނީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާއަކުން ހުއްދަ ނަގައިގެން ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.              

އަމިއްލަ ފަރުދުންގެ ވިޔަފާރިއަށް ރަޖިސްޓްރީ ކުރުމަށްފަހު ގާޑިޔާ ހިންގަމުންދާ ފަރާތްތަކުން ގަވާއިދާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށާއި ހެދިފައިވާ ގަވާއިދުތަކަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރަމެވެ. ގާޑިޔަލުން ވިއްކޭނީ ކުރުނބާ، ދުފުމަށް ބޭނުންވާ ސާމާނު ،ހެދިކާގެ ބާވަތްތަކުގެ ތެރެއިން ގިނަ ދުވަހަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށް ލޭބަލްކޮށްފައިވާ ތަކެތި ، މަސްކާށި، މަސްކުރޮޅި އަދި ދަނޑުވެރިކަމުން އުފައްދާ ތަކެތި ފަދަ ބާވަތްތަކެވެ.

ނަމަވެސް، ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރާ ފަރާތްތަކުން ގާޑިޔަލުން ހިންގޭނެ ވިޔަފާރިއަށް ވުރެ ފުޅާ ދާއިރާގެ ވިޔަފާރި ހިންގަމުންދާކަމުގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. ގާޑިޔަލުން އިމްޕޯރޓް މުދާ، ކޮފީ އަދި ކާބޯތަކެތި ތައްޔާރުކޮށްގެން ނުވިއްކޭނެއެވެ.

ވިޔަފާރި ހިންގާ ތަންތަނާއި ގާޑިޔާތައް ޗެކްކޮށް އިންސްޕެކްޓް ކުރުމުގެ މަސައްކަތް އަވަށުއޮފީސްތަކުން ކުރަމުން ދާއިރު ގާޑިޔާ ހިންގާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރަމެވެ. ގަވާއިދާއި އެއްގޮތަށް ނުހުންނަ ތަންތަނާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް މި އިދާރާއިން އަޅަމުންދާނެ ވާހަކަވެސް އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ދެންނެވީމެވެ.

         

02 މުޙައްރަމް 1441

01 ސެޕްޓެމްބަރ 2019ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2019/310

ޕަބްލިޝް ކުރި ތާރީޚް: 01-09-2019

ސުންގަޑި: 2019-09-05 14:00:00