އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި އަޅާ 1500 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

4 ސެޕްޓެމްބަރ 2019     4 years ago


އިޢުލާން

 

 

މި ސަރުކާރުގެ ބޯހިޔާވަހުކަމުގެ ވަޢުދުގެ ދަށުން އަޅާދޭ ހައުސިންގ ޔުނިޓް ތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާ ކުރެވުނު ނަންބަރު: (IUL)426-AB/426/2019/279 އިޢުލާނުގެ މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ރައްޔިތުން އެދެމުންދާތީ  ވީހާވެސް ގިނަ ރައްޔިތުންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ހައުސިންގ ޔުނިޓް ތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 10 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 14:00 އަށް އިތުރުކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

ވީމާ، މި ޕްރޮގްރާމުގެ ދަށުން ގޯތީގައި ގެ އަޅަން ބޭނުންވާ ފަރާތްތަކުން  "ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދު ގައި ހިމެނޭ ހައުސިން ޔުނިޓް އަޅާދިނުމުގެ މަޝްރޫޢުގެ ދަށުން  ގޯތީގައި ގެ އެޅުމަށް އެދޭ ފޯމު" ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތައް  10 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެ އަވަށެއްގެ އަވަށު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދޭ ފޯމު މިއިދާރާ އާއި އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމު މިއިދާރާގެ ވެބްސައިޓު www.adducity.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003، ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

05 މުޙައްރަމް 1441

04 ސެޕްޓެމްބަރ 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2019/317

ޕަބްލިޝް ކުރި ތާރީޚް: 04-09-2019

ސުންގަޑި: 2019-09-10 14:00:00