އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ ވިޝަން އަދި ޑިވެލޮޕްމެންޓް ޕްލޭން ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް

5 ސެޕްޓެމްބަރ 2019     1 year ago


އިޢުލާން

 

އައްޑޫ ސިޓީގެ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ ވިޝަން އަދި ޑިވެލޮޕްމެންޓް ޕްލޭން ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 08 ސެޕްޓެމްބަރު 2019  ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 12 ސެޕްޓެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި އަވަށު އޮފީސްތަކުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 16 ސެޕްޓެމްބަރު 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 19 ސެޕްޓެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 09 ސެޕްޓެމްބަރު 2019  ވާ ހޯމަ ދުވަހުން ފެށިގެން 18 ސެޕްޓެމްބަރު 2019 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 18 ސެޕްޓެމްބަރު 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

06  މުހައްރަމް 1441 

05 ސެޕްޓެމްބަރު 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2019/323

ޕަބްލިޝް ކުރި ތާރީޚް: 05-09-2019

ސުންގަޑި: 2019-09-12 13:00:00