އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫގައި އަޅާފައިވާ ފްލެޓްތައް ލިބިލެއްވި ފަރާތްތަކުގެ ދާއިމީ ލިސްޓް

30 ސެޕްޓެމްބަރ 2019     4 years ago


އިޢުލާން

 

  ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން، ކެޓަގަރީ A ، C ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެ، ފްލެޓް ލިބޭ ފަރާތްތަކުގެ ފޯމު ނަންބަރާއި ނަމާއި އެޑްރެސް އަދި ލިބިފައިވާ ޖުމްލަ ޕޮއިންޓް އެނގޭނެ ދާއިމީ ލިސްޓް ޢާންމުކޮށް އިޢުލާންކުރީމެވެ.

މިލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓާއި މިއިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއި މިއިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިހުންނާނެއެވެ.

ފްލެޓްތައް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް ހެދުމުގެ ކުރިން، އެކެޓަގަރީއެއްގެ ދަށުން ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގައިވާ ގޮތުގެ މަތިން، ގޯތިގެދޮރާއި ބެހޭ މަޢުލޫމާތު އިތުރަށް ބަލައި ޗެކްކުރެވޭނެއެވެ. އަދި ދެމަފިރިން ފްލެޓަށް ހޮވިއްޖެނަމަ، ފްލެޓް ޙަވާލުކުރެވޭނީ މިކަމާ ގުޅޭގޮތުން އެކެޓަގަރީއެއްގެ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ އުޞޫލާ އެއްގޮތަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

 

ހުޅުދޫގައި އަޅާފައިވާ ފްލެޓްތައް ލިބިލެއްވި ފަރާތްތަކުގެ ދާއިމީ ލިސްޓް

 

01   ޞަފަރު 1441

30 ސެޕްޓެމްބަރ 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2019/348

ޕަބްލިޝް ކުރި ތާރީޚް: 30-09-2019

ސުންގަޑި: 2019-10-01 14:00:00