އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

10 އޮކްޓޯބަރ 2019     4 years ago


އިޢުލާން

 

 

އައްޑޫސިޓީ ހުޅުދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)426-AA/426/2019/133 އިޢުލާނަށް އެކަށީގެންވާ ހުށަހެޅުންތަކެއް ލިބިފައިނުވާތީ، މި ދެންނެވި އިޢުލާން ބާތިލްކޮށް އަލުން، ފުރުސަތު ހުޅުވާލަމެވެ.  

ވީމާ، ސެކިއުރިޓީ ބަލަހައްޓަވައި ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް 13 އޮކްޓޫބަރު 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 16 އޮކްޓޫބަރު 2019 ވާ ބުދަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން އަދި ހުޅުދޫ އަވަށު އޮފީހުން ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 21 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުގެ 13:00ގައި ކައުންސިލް އިދާރާގެ ހޯލުގައި އަދި ހުޅުދޫ އަވަށު އޮފީހުގައެވެ.

ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 14 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުން ފެށިގެން 20 އޮކްޓޫބަރު 2019 ވާ އާދީއްތަ ދުވަހުގެ 10:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށް ދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 20 އޮކްޓޫބަރު 2019 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ބިޑް ބައްލަވައި ގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. މެއިލް ލިބިވަޑައިނުގަންނަވާނަމަ ޕްރޮޖެކްޓް ސެކްޝަނަށް ވަޑައިގެންނެވުމުން މެއިލް ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :  [email protected]   

 

11 ޞަފަރު  1440

10 އޮކްޓޫބަރު 2019



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2019/373

ޕަބްލިޝް ކުރި ތާރީޚް: 10-10-2019

ސުންގަޑި: 2019-10-16 13:00:00