އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ 2 ސަރަޙައްދެއްގައި ޗޭންޖިންގ ރޫމް ހެދުމުގެ މަސައްކަތް

29 ޖެނުއަރީ 2017     7 years ago


އައްޑޫސިޓީގެ 2 ސަރަޙައްދެއްގައި ޗޭންޖިންގ ރޫމް ހެދުމުގެ މަސައްކަތް

 

އައްޑޫސިޓީގެ 2 ސަރަޙައްދެއްގައި ޗޭންޖިންގ ރޫމް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2016/243 އިޢުލާނަށް އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހެޅިފައިނުވާތީ މި އިޢުލާން ބާޠިލްކޮށް އަލުން މި ފުރުސަތު ހުޅުވާލަމެވެ.

ވީމާ މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 ފެބުރުވަރީ 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 28 ފެބުރުވަރީ 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.         

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯސަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސް ހޯލްއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

01 ޖުމާދަލްއޫލާ 1438

29 ޖަނަވަރީ 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/19

ޕަބްލިޝް ކުރި ތާރީޚް: 29-01-2017

ސުންގަޑި: 2017-02-14 11:00:00