އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

30 ޖެނުއަރީ 2017     4 years ago


ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

 

އައްޑޫސިޓީ ކައުންސިލް އިދާރާގެ  ސެކިއުރިޓީ އެއްއަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)426-CA/426/2017/6އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެންމެ ދެފަރާތަކުން ކަމަށް ވާތީ އެއިއުލާން ބާޠިލްކޮށް އަލުން މިކަމަށް އެދިލައްވާ ފަރާތްތަކަށް  ފުރުސަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން08 ފެބްރުއަރީ 2017 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 15 ފެބްރުއަރީ 2017 ވަނަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ އައްޑޫސިޓީ ކައުންސިލް އިދާރާއަށެވެ.

މައުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން ކަނޑައެޅިފައިވާ ގަޑީގެފަހުން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

02 ޖުމާދަލްއޫލާ   1438

30 ޖަނަވަރީ    2017ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2017/22

ޕަބްލިޝް ކުރި ތާރީޚް: 30-01-2017

ސުންގަޑި: 2017-02-08 13:00:00