އިޢުލާން
"އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ އަހަރީ ބައްދަލުވުން" ޙަފްލާގެ ފަރިއްކޮޅު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)426- AA/426/2019/419 އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، އަލުން މިފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ނޮވެންބަރު 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި ބީލަން ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ.
22 ރަބީޢުލް އައްވަލް 1441
19 ނޮވެންބަރު 2019