އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު މީޑިއާ އޮފިސަރ

16 ޑިސެމްބަރ 2019     4 years ago


ވަޒީފާގެ ފުރުސަތު

މަޤާމު:

މީޑިއާ އޮފިސަރ  

މަޤާމު ނަންބަރު:

J-229246

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 2   

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

މީޑިއާ އެންޑް އައި.ޓީ ޔުނިޓް /  އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/900 ރުފިޔާ ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތު ހަމަވާނަމަ މުސާރައިގެ28% .
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ހިންގާ ކަންކަން އާންމުކުރުމަށް ނޫސް ކޮންފަރެންސް ބޭއްވުމާއި މީޑިއާ އަށް ދޭންޖެހޭ މައުލޫމާތު ތައްޔާރުކުރުން.
  2. ކައުންސިލް އިދާރާގެ ސެކްޝަންތަކާއި އަވަށު އޮފީސްތަކުން އެއަވަށް އަވަށުގައި ހިނގާކަންތައްތަކުގެ މަޢުލޫމާތު ހޯދާ ޚަބަރު ތައްޔާރުކޮށް މީޑިއާއަށް ފޮނުވުން.
  3. ދުވަހުން ދުވަހަށް ކައުންސިލްގެ ވެބްސައިޓަށް ލާންޖެހޭ ޙަބަރުތައް ތައްޔާރުކުރުމާއި، އެކިކަންކަމާ ގުޅިގެން ވެބްސައިޓަށް ލާންޖެހޭ ނޫސްބަޔާންތައް ތައްޔާރުކޮށް، އަޕްލޯޑް ކުރުވުން
  4. ކައުންސިލުން ނިންމާ ނިންމުންތަކާއި އެންގުންތައް އާންމުކުރުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އާންމު ކުރުން.
  5. ކައުންސިލާއި ބެހޭ ގޮތުން އާންމު ފަރާތްތަކާއި މީޑިއާތަކުގައި ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ސްޕަވައިޒަރާއި މަޝްވަރާކޮށް ކައުންސިލްގެ ފާރާތުން ދޭންޖެހޭ ތެދު މަޢުލޫމާތު ދިނުން.
  6. ކައުންސިލް އިދަރާގެ ފަރާތުން ބޭއްވޭ ބައްދަލުވުންތަކާއި ހަރަކާތްތަކުގެ ފޮޓޯ ނެގުމާއި ، ފޮޓޯތައް އާންމުކުރުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އާންމުކުރުން.
  7. އައްޑޫސިޓީ ކައުންސިލް އިދާރާގެ ވެބްސައިޓް،  ފޭސްބުކްޕޭޖް، ޓްވިޓާރ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ހޮޓްލައިނަށް އަންނަ ކޯލްތަކާއި މެސެޖްތަކަށް ޖަވާބުދާރީވުން.
  8. ކައުންސިލްގެ އިދާރާއާއި، ރައްޔިތުންނާ ދެމެދު އޮންނަންޖެހޭ ގުޅުން ހަރުދަނާކޮށް ދެމެހެއްޓުމަށް ރައްޔިތުންނާއި ކައުންސިލަރުން ބައިވެރިވާ ބައްދަލުވުންތައް އިންތިޒާމް ކުރުމުގައި ކުރަންޖެހޭ އިދާރީ އަދި ޓެކްނިކަލް މަސައްކަތްތަކުގައި އެހީތެރިވެދިނުން
  9. ޙަވާލުކުރެވޭ މަސައްކަތާއި ގުޅިގެން ، އަދާކުރަން ޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާ ކުރުމާއި ޖަވާބުދާރީ ވުން.
  10. ސެކްޝަން ވެރިންނާއި އަވަށު އޮފީސްތަކާ ގުޅިގެން ބޭއްވޭ ޓެލެފޯންކޮންފަރެންސްތައް ކޯޑިނޭޓް ކުރުން.
  11. ކައުންސިލްއިދާރާގެ މަސައްކަތްތަކުގެތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް:

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ޖާނަލިޒަމް / މީޑިއާ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާ

ޖާނަލިޒަމް / މީޑިއާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:  

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ: 35%)
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  3. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  4. މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 15%)
  5. ލިބިފައިވާ ހުނަރު - އިންޓަވިއު / ޕްރެކްޓިކަލްސް  (ކަނޑައެޅިފައިވާ އިންސައްތަ: 40%)

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓުގެ ޖުމްލަ %45 (ސާޅިސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޑިސެންބަރު 26 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ ޕްރެކްޓިކަލް އަދި އިންޓަވިއު އޮންނާނީ 2020 ޖަނަވަރީ 05 އާއި 2020 ޖަނަވަރީ 16 އާ ދެމެދު، އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް އަދި އިމްތިހާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒިފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑް އަދި މިއިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ލިޔުމުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

19 ރަބީޢުލްއާޚިރު  1441

16  ޑިސެންބަރު   2019

 


ބާވަތް: އިއުލާން

ނަންބަރ: (IUL)426-CB/426/2019/451

ޕަބްލިޝް ކުރި ތާރީޚް: 16-12-2019

ސުންގަޑި: 2019-12-26 13:00:00