އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ހިތަދޫއަވަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން:
ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތީން، އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހިތަދޫ އަވަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން 26 ފެބުރުވަރީ 2017 ވާ އާދީއްތަ ދުވަހުގެރޭ 08:30 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގެ ހޯލުގައި އޮންނާނެއެވެ.
ވީމާ، މިބައްދަލުވުމުގައި ހިތަދޫ އަވަށުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ.
22 ޖުމާދަލްއޫލާ 1438
19 ފެބުރުވަރީ 2017