އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އައްޑޫ ޤުރުއާން މުބާރާތް 1438" އަށް ބޭނުންވާ ޝީލްޑް ތައްޔާރުކުރުން

26 ފެބުރުއަރީ 2017     4 years ago


"އައްޑޫ ޤުރުއާން މުބާރާތް 1438" އަށް ބޭނުންވާ ޝީލްޑް ތައްޔާރުކުރުން

 

އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ "އައްޑޫ ޤުރުއާން މުބާރާތް 1438" އަށް ބޭނުންވާ ޝީލްޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 28 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މާރިޗު 02 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތަކަށް ޕްރޮޕޯސަލް ހުށަނޭޅޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ބަލައިގަތުމުގެ ސެޝަންގައި ބައިވެރިނުވެވޭނެއެވެ. 

 

29 ޖުމާދުލްއޫލާ 1438

26 ފެބުރުވަރީ 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/33

ޕަބްލިޝް ކުރި ތާރީޚް: 26-02-2017

ސުންގަޑި: 2017-02-28 11:00:00