އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މި އަހަރުގެ ރަމަޟާންމަހު އައްޑޫސިޓީގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވިޙު ނަމާދު ކުރާނެ ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް ހުއްދަ ދިނުމާގުޅޭ

20 ފެބުރުއަރީ 2020     4 years ago


އިޢުލާން

1441 ވަނަ އަހަރުގެ ރަމަޟާންމަހު އައްޑޫސިޓީގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވިޙު ނަމާދު ކުރާނެ ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް ހުއްދަ ދިނުމާގުޅޭ

1441 ވަނަ އަހަރުގެ ރަމަޟާންމަހު އައްޑޫގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވިޙު ނަމާދު ކުރާނެ ރާއްޖޭން ބޭރުގެ ޙާފިޡުން ރާއްޖެއަށް ގެނައުމުގެ ހުއްދައަށް އެދޭ ފަރާތްތަކުން އެކަމަށްއެދި ކަނޑައެޅިފައިވާ ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، " ރާއްޖެއިން ބޭރުގެ ޙާފިޡުން ޙިފުޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް ހުއްދައަށް އެދޭ ފޯމް (1441)" ފުރިހަމަކޮށް 2020 މާރިޗު 05 ވާ ބުރަސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުއްދައަށްއެދޭ ފަރާތް ދިރިއުޅޭ އަވަށެއްގެ އަވަށު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.  ރާއްޖެއިން ބޭރުގެ ޙާފިޡުން ޙިފުޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް ހުއްދައަށް އެދޭ ފޯމް (1441)" އަދި ރަމަޟާންމަހުގައި ކުރެވޭ ތަރާވީޙް ނަމާދުގައި އިމާމުކަން ކުރުމަށް ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތައް ގެނައުމާ ގުޅޭ އުސޫލް" އައްޑޫސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އަވަށު އޮފީސް ތަކުން ރަސްމީގަޑީގައި ލިބެންހުންނާނެއެވެ. އަދި އައްޑޫސިޓީ ކައުންސިލް އިދާރާގެ ވެބްސައިޓް www.adducity.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

26 ޖުމާދުލްއާޚިރާ 1441

20 ފެބްރުއަރީ   2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2020/68

ޕަބްލިޝް ކުރި ތާރީޚް: 20-02-2020

ސުންގަޑި: 2020-03-05 14:00:00