އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ހުޅުދޫ އަދި މީދޫ އަވަށުގައި އައުޓްޑޯ ޖިމް ސެޓް ހަރުކުރުމުގެ މަސައްކަތް

14 މާރޗް 2017     7 years ago


އައްޑޫސިޓީގެ ހުޅުދޫ އަދި މީދޫ އަވަށުގައި އައުޓް ޑޯ ޖިމް ސެޓް ހަރުކުރުމުގެ މަސައްކަތް

 

އައްޑޫސިޓީގެ ހުޅުދޫ އަދި މީދޫ އަވަށުގައި އައުޓް ޑޯ ޖިމް ސެޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: (IUL)426-AA/426/2017/17  އިޢުލާންނަށް އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހެޅިފައިނުވާތީ މި އިޢުލާން ބާޠިލްކޮށް އަލުން މި ފުރުސަތު ހުޅުވާލަމެވެ.

ވީމާ މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 21 މާރިޗު 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް  ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.         

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލްގައި އާއި ހުޅުދޫއަވަށު އޮފީހުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯސަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

14 ޖުމާދަލްއާޚިރާ 14384

13 މާރިޗު 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/35

ޕަބްލިޝް ކުރި ތާރީޚް: 14-03-2017

ސުންގަޑި: 2017-03-16 11:00:00