ބީލަން ހުށަހެޅުމުގެ ދައުވަތު
- މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން ސ.ހުޅުމީދޫ ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ފިނިޝިންގ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑިންގ ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް /-500 ( ފަސްސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2020 މާރިޗު 16 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2020 މާރިޗު 23 ވާ ހޯމަ ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނާއިންނެވެ.
- މިމަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 16 މާރިޗް 2020 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓްގައި މިއިދާރާގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާގެ ވެބްސައިޓް http://www.adducity.gov.mv މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 1500.00 ( ފަނަރަސަތޭކަ ރުފިޔާ ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 90 ދުވަހެވެ.
- ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2020 މާރިޗު 16 ވާ ހޯމަ ދުވަހުން ފެށިގެން 2020 މާރިޗު 23 ވާ ހޯމަ ދުވަހުގެ 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2020 މާރިޗު 24 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- ބީލަން ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 2020 މާރިޗު 22 ވާ އާދީއްތަ ދުވަހުގެ 12:00 ގައި ހުޅުމީދޫ ޞިއްޙީ މަރުކަޒުގައެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2020 މާރިޗު 26 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އީމެއިލް: [email protected]
ކޮޕީ : [email protected]