އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ އޮޑިދޯނިފަހަރަށް ފަސޭހައިން ފެންލިބޭނެ އިންތިޒާމް ހަމަޖެއްސުން

26 މާރޗް 2017     7 years ago


އައްޑޫ އޮޑިދޯނިފަހަރަށް ފަސޭހައިން ފެންލިބޭނެ އިންތިޒާމް ހަމަޖެއްސުން

 

އައްޑޫ އޮޑިދޯނިފަހަރަށް ފަސޭހައިން ފެންލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މި އިދާރާއިން މަޝްރޫއެއް ކުރިއަށް ގެންދަން ރޭވިފައިވާތީ މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލައަށް ޑިޒައިންކޮށް، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 މާޗް 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި  އިދާރާއަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 13 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.          

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލް ގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

24 ޖުމާދަލްއާޚިރާ 1438 

23 މާޗް 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/4

ޕަބްލިޝް ކުރި ތާރީޚް: 26-03-2017

ސުންގަޑި: 2017-03-30 11:00:00