އިޢުލާން
އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް އެއްވެ އުޅުން މަނާކުރުން |
މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ޢާންމުކޮށްފައި ވާ ނަންބަރު: 2020/03 އެންގުމާއި (ޕާކްތަކާއި މައިޒާންތަކަށް މީހުން ޒިޔާރަތްކުރުން ހުއްޓާލުމަށް އެންގުން) ގުޅިގެން ސިއްޙީ ޢާންމު ޙާލަތަށް ރުޖޫޢަ ވަންދެން މި ދަންނަވާ ތަންތަން ބަންދުކޮށް މި ތަންތަނުގައި ކުރިއަށް ގެންދާ ޙަރަކާތްތައްވެސް ހުއްޓާލުމަށް އެންގީމެވެ.
- އައްޑޫސިޓީގެ ހުރިހާ ޕާކްތަކާއި ފިނި މައިޒާންތައް.
- ޕިކްނިކް ސަރަޙައްދުތައް.
- ސްވިމިން ޓްރެކް ސަރަޙައްދުތަކާއި ފަތަންދާ ސަރަހައްދުތައް.
- ކުޅިވަރު މައިޒާންތައް.
- ފުޓްބޯޅަ ދަނޑުތައް.
- ޢާންމުކޮށް ތާސްކުޅުމަށް އެއްވެ އުޅޭ ސަރަޙައްދުތައް.
- ބަނދަރުތަކާއި ކޯޒްވޭތަކުގައި މަސްބޭނުން.
- ކެމްޕޭން ޖަގަހަތައް.
- ކެފޭ ރެސްޓޯރަންޓް ތަކުން ޢިމާރާތުން ބޭރުން މަގުމަތީގައި ޚިދުމަތްދިނުން.
މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅޭނެ ކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
01 ޝަޢުބާން 1441
25 މާރިޗް 2020