އިޢުލާން
ގާޑިޔާތަކުގައި ވިޔަފާރިކުރުމާއި ގުޅޭ |
މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު ޢާންމު ޙާލަތަށް ރުޖޫޢަވަންދެން މިއަދުންފެށިގެން ގާޑިޔާތަކުން ވިޔަފާރި ކުރުމުގައި މިދަންނަވާ އުޞޫލުން ޢަމަލު ކުރުމަށް އަންގަމެވެ.
- ގާޑިޔާތަކުގެ ޚިދުމަތް ދޭންވާނީ ހެނދުނު 6.00އިން ހަވީރު 18.00އަށް.
- ގާޑިޔާތަކުގެ ޚިދުމަތް ދެވޭނީ، ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު.
- ގާޑިޔާތަކުގައި ތައްޔާރު ކޮށްގެން ވިއްކާ ހެދިކާ،މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުން މަނާ.
- ގާޑިޔާތަކުގައި ދެވޭނެ ޚިދުމަތަކީ ހަމައެކަނި ގާޑިޔާތަކަށް ހުއްދަދެވިފައިވާ ތަކެތި ވިއްކުން.
- ގާޑިޔާތައް ބަހައްޓާފައިވާ ސަރަޙައްދުގައި ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ގާޑިޔާތަކުން ޚިދުމަތްދިނުމަކީ މަނާކަމެއް.
- ގާޑިޔާ ތަކުގައި ދުފާ ތަކެތި، ވިއްކަންވާނީ ވަކިން ޕެކް ކުރެވިގެން.
މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ގާޑިޔާ ހިންގުމަށް ކައުންސިލުން ދޫކޮށްފައިވާ ހުއްދަ ބާޠިލްކޮށް ޤާނޫނު ނަމްބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުގެމަތިން ޤާނޫނީ ފިޔަވަޅު އެޅޭނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
03 ޝަޢުބާން 1441
27 މާރިޗް 2020