އިޢުލާން
އައްޑޫސިޓީ ހުޅުދޫ އަވަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރައްވަމުންދާ ފަރާތްތަކާ ގުޅޭ
މި އިދާރާގެ ނަންބަރު 138/2020/426/AB-426(IUL) (30 މާރިޗު 2020) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
މުޅި ދުނިޔެއަށް މި ދުވަސްވަރު ފެތުރެމުންދާ ކޮވިޑް 19 ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ޔަޤީންކުރުމަށްޓަކައި، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ ގޮތުން، ދަނޑުވެރިކަން ކުރުމަށް ބާރުއަޅުއްވައި، ދަނޑުވެރިންނަށް ހިތްވަރުދީ، އެ ފަރާތްތަކަށް ބޭނުންވާނެ ލުއިފަސޭހަތައް ފޯރުކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަކަށްވާތީ، މި ސިޓީގެ ހުޅުދޫ އަވަށުގައި ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބިންތަކުގައި ނުވަތަ އޮޅުތަކުގައި މި ވަގުތު ދަނޑުވެރިކަން ކުރައްވަމުންގެންދަވާ ފަރާތްތަކާއިބެހޭ މަޢުލޫމާތު ސާފުކުރުމަށް ހުޅުދޫ އަވަށު އޮފީހުން ބޭނުންވެއެވެ. އެގޮތުން، މިހާރު ދަނޑުވެރިކަން ކުރައްވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، ދަނޑުވެރިކަން ކުރައްވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލައި، ހުޅުދޫ އަވަށު އޮފީހުގައި އެ ފަރާތެއްގެ ދަނޑު ރަޖިސްޓަރީކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ދަނޑުވެރިކަންކުރާ ފަރާތްތަކުގެ ތެރޭގައި އޮޅުއަލަ ހައްދާ ފަރާތްތައްވެސް ހިމެނޭނެ އެވެ.
ވީމާ، ހުޅުދޫ އަވަށުގައި ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބިންތަކުގައި ނުވަތަ އޮޅުތަކުގައި މި ވަގުތު ދަނޑުވެރިކަން ކުރައްވަމުންގެންދަވާ ފަރާތްތަކުން "އައްޑޫސިޓީ ހުޅުދޫ އަވަށުގައި ދަނޑުވެރިކަން ކުރަމުންގެންދާ ފަރާތްތަކުގެ މަޢުލޫމާތު ސާފުކުރާ ފޯމު" ފުރިހަމަކޮށް، އެ ފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތައް 23 އެޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ކުރިން މި އިދާރާގެ ހުޅުދޫ އަވަށު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ތިރީގައި މި ދަންނަވާ އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފޯމުތައްވެސް ބަލައިގަނެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ފޯމު ހުޅުދޫ އަވަށު އޮފީހަށް ހުށަނާޅުއްވާ ފަރާތްތަކަކީ، މި ވަގުތު ހުޅުދޫ އަވަށުގައި ދަނޑުވެރިކަންކުރައްވާ ފަރާތެއްގެ ގޮތުގައި ހުޅުދޫ އަވަށު އޮފީހުގައި ދަފްތަރުނުކުރެވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
އިސްވެދެންނެވުނު ފޯމު މި އިދާރާގެ ވެބްސައިޓުން(www.adducity.gov.mv) އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި ހުޅުދޫ އަވަށު އޮފީހުން ލިބެން ހުންނާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
އިތުރު މަޢުލޫމާތު: 6894728 / 6894655
15 އެޕްރީލް 2020