އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފުޓްބޯޅަދަނޑު ދިއްލުމަށް ބޭނުންވާ ލައިޓް ހޯދުން

30 މާރޗް 2017     6 years ago


ފުޓްބޯޅަދަނޑު ދިއްލުމަށް ބޭނުންވާ ލައިޓް ހޯދުން

 

އައްޑޫސިޓީގެ ފުޓްބޯޅަ ދަނޑު ދިއްލުމަށް ބޭނުންވާ ލައިޓް ހޯދުމަށް ބޭނުންވާތީ މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިފުރުސަތު ހުޅުވާލަމެވެ.

މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފާރާތްތަކުން  06 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 12 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ މެންދުރުފަހު 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.         

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯސަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސް ހޯލްއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

02 ރަޖަބް   1438

30 މާޗް    2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/51

ޕަބްލިޝް ކުރި ތާރީޚް: 30-03-2017

ސުންގަޑި: 2017-04-06 11:00:00