އިޢުލާން
އައްޑޫސިޓީގައި ބޯކޮށާތަންތަނުގެ ޚިދުމަތް ދިނުމާއި ގުޅޭ |
ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ މިންވަރު ދުވަހުން ދުވަހަށް ދިވެހިރާއްޖޭގައި އިތުރުވަމުން ދިއުމާއިގުޅިގެން ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ޓ)، (ޗ) އާއި ޤާނޫނު ނަންބަރު 2012/7 (ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ށ) ، (ނ) އިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިއަދުން ފެށިގެން ވަކި މުއްދަތެއް އަންގަންދެން އައްޑޫސިޓީގައި ބޯކޮށާ ތަންތަނުން ޙިދުމަތް ދިނުމަކީ މަނާކަމެކެވެ.
މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނު ނަމްބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުގެމަތިން ޤާނޫނީ ފިޔަވަޅު އެޅޭނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
25 ޝަޢުބާން 1441
20 އެޕްރީލް 2020