އިޢުލާން
އައްޑޫސިޓީގައި ޢާއްމު ވިޔަފާރީގެ ޚިދުމަތް ދިނުމާއި ގުޅޭ |
އައްޑޫސިޓީގައި ޢާއްމު ވިޔަފާރިތަކުން ޑެލިވަރީ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވަނީ އެކަށީގެންވާ ގޮތެއްގައިކަން ފާހަނގަކުރެވިފައިވާތީ އާއި އަދި މިހާލަތުގައި ވިޔަފާރިކުރުމަށް ގޭބިސީތަކުން ބޭރަށް ނުކުތުމަކީ އެއްގޮތަކަށް ވެސް ރައްކާތެރިކަމަކަށް ނުވާތީ އައްޑޫގައި ވިޔަފާރިތަކުން ދެވޭނެ ޚިދުމަތަކީ ހަމައެކަނި އެރަށެއްގެ ގެތަކަށް ޑެލިވަރީގެ ޚިދުމަތްދިނުން ކަމުގައި ދެންނެވީމެވެ. މީގެ އިތުރުން މިއިދާރާގެ ނަންބަރު (IUL)426-B/426/2020/150 އިޢުލާނުގެ ދަށުން އާއްމު ވިޔަފާރީގެ ޚިދުމަތް ދިނުމަކީ މަނާކަމެކެވެ. އެހެންކަމުން މިހާރުވެސް ކުރިއަށް ގެންދާގޮތަށް ޑެލިވަރީގެ ޚިދުމަތް ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ. ޑެލިވަރީ ޚިދުމަތް ދިނުމުގައި ވިޔަފާރިތަކުންނާއި މުދާ ބަލައިގަންނަ ފަރާތުން އަންނަނިވި ކަންކަމަށް ސާމާލުކަންދީ، ރައްކާތެރިވުމުގެ ގޮތުން ޢަމަލުކުރަންވީ އިރުޝާދުތައް ތިރީގައި ބަޔާންކޮށްފައިވާނެއެވެ.
1. އެގެއަކަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ހަދައި ހަވީރު 18:00 ގެ ކުރިން ނުވަތަ އެވިޔަފާރިއަކުން ކަނޑައަޅާ ގަޑިތަކުގައި ޑެލިވަރީކޮށްދިނުމަށް އޯޑަރކުރުން.
2. ވިޔަފާރިތަކުން އެދުވަހަކަށް ލިބިފައިވާ ޑެލިވަރީ އޯޑަރުތައް ލަސްނުކޮށް އެގެއަކަށް ފޯރުކޮށްދިނުން.
3. ޑެލިވަރީކުރަނީ ޕެރިޝަބަލް ތަކެތި ކަމުގައިވާނަމަ އެތަކެތީގެ ހާލަތު އޯޑަރުކުރާ ފަރާތަކަށް އެންގުން.
4. ކޮންމެ ގޭބިސީއަކުން ފިހާރައަކަށް އެއް އޯޑަރަށްވުރެ ގިނަ އޯޑަރު ދުވާލަކަށް ނުކުރުން.
5. މީގެ އިތުރުން ޑެލިވަރީކޮށްގެން ލިބޭތަކެއްޗާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދީފައިވާ އިރުޝާދުތަކަށް ސަމާލުކަން ދިނުން.
މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ޤާނޫނީ ފިޔަވަޅު އެޅޭނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
28 ޝަޢުބާން 1441