ޢިއުލާން
އައްޑޫގެ މަގުމައްޗަށް ނިކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި ގުޅޭ
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)426-B/426/2020/156 އިޢުލާނާއި ގުޅިގެން 2020 މޭއި 09 ވަނަ ދުވަހު އައްޑޫގައި އަޅާފައިވާ އަންނަނިވި ފިޔަވަޅު މިއަދުން ފެށިގެން ނެގުމަށް ނިންމާފައިވެއެވެ.
- އައްޑޫގެ ހުރިހާ އަވަށެއްގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލުން.
މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅު ނެގުމަށް ނިންމާފައިވީ ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އައްޑޫގައި ކުރިން އަޅާފައިވާ އަންނަނިވި ފިޔަވަޅުތައް ދެމެހެއްޓުމަށް ނިންމާފައިވެއެވެ.
- އައްޑޫގެ އެއްރަށުން އަނެއްރަށަށް ދަތުރުކުރުމާއި ގުޅޭގޮތުން މިއިދާރާއިން ކޮށްފައިވާ ނަންބަރު (IUL)426-CA/426/2020/148 އިޢުލާނާއި ގުޅިގެން އައްޑޫގެ އެއްރަށުން އަނެއް ރަށަށް އެއްގަމާއި ކަނޑު މަގުން ދަތުރުކުރުމަކީ މަނާކަމެއްކަން.
- އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)426-B/426/2020/150 އިޢުލާނާއި ގުޅިގެން ޑެލިވަރީ ޚިދުމަތް ފިޔަވައި އާއްމު ވިޔަފާރީގެ ޚިދުމަތް ދިނުމަކީ މަނާކަމެއްކަން.
- އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)426-CA/426/2020/147 އިޢުލާނުގެ ދަށުން ދަތުރު ދިއުމާއި އާއްމު ތަންތަނަށް އެއްވެ އުޅުމަކީ މަނާކަމެއްކަން.
- އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)426-B/426/2020/151 އިޢުލާނާއި ގުޅިގެން އައްޑޫ ސިޓީގައި ބޯކޮށާ ތަންތަނުން ޚިދުމަތް ދިނުމަކީ މަނާކަމެއްކަން.
- މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)426-AB/426/2020/154 އިޢުލާނުގެ ދަށުން ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އަންގާފައިވާ އެންގުންތައް.
މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅާފައި ވީނަމަވެސް މިހާރުވެސް އޮންނަ އުސޫލުތަކުގެ މަތިން ޟަރޫރީ ބޭނުންތަކަށާއި އާއްމު ޚިދުމަތްދޭ ފަރާތްތަކަށް އައްޑޫ އޮޕަރަރޭޝަން ސެންޓަރ އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުއްދަ ދޫކުރަމުންދާނެ ވާހަކަ ދެންނެވީމެވެ.
17 ރަމަޟާން 1441
10 މޭއި 2020