އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ހިތަދޫ އަވަށު ކަސަބާދަނޑުގައި ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

2 އެޕްރީލް 2017     7 years ago


އައްޑޫސިޓީގެ ހިތަދޫ އަވަށު ކަސަބާދަނޑުގައި ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

އައްޑޫސިޓީގެ ހިތަދޫ އަވަށު ކަސަބާދަނޑުގައި ނުނިމިހުރި ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2017/39އިޢުލާނަށް އެކަށީގެންވާ ވަރަށް ބިޑް ހުށަހެޅިފައިނުވާތީ އިޢުލާން ބާޠިލްކޮށް މިފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 އެޕްރީލް 2017 ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 12 އެޕްރީލް 2017 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.          

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

05 ރަޖަބް 1438 

02 އެޕްރީލް 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/54

ޕަބްލިޝް ކުރި ތާރީޚް: 02-04-2017

ސުންގަޑި: 2017-04-06 11:00:00