އިޢުލާން
އައްޑޫގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް ރައްޔިތުން ރަޖިސްޓްރީކުރުމަށް ހުޅުވާލުމާއި ގުޅޭ:
އައްޑޫގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް ރައްޔިތުން ތިބިކަން ވަނީ ފާހަގަކުރެވިފައެވެ. ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ފަރާތްތައް އައްޑޫގެ އަވަށްތަކުގައި ގާއިމްކުރެވިފައިވާ ސޯޝަލް ސަޕޯޓް ޑެސްކް (އެސް.އެސް.ޑީ) ތަކުގައި 2020 މޭ 25 ވަނަ ދުވަހުގެ 20:00 ގެ ކުރިން ރަޖިސްޓަރީ ކުރުމަށް ދަންނަވަމެވެ. އައްޑޫއަށް ބަންގްލަދޭޝް ރައްޔިތުން ގެނެސްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް ވެސް އެއަވަށެއްގެ އެސް.އެސް.ޑީ ތަކުގައި ބަންގްލަދޭޝް ރައްޔިތުން ރަޖިސްޓަރީ ކުރެވިދާނެއެވެ.
މީގެ އިތުރުން، އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ލިޔެކިޔުން ފުރިހަމަނުވާ ފަރާތްތަކަށް ވެސް ރަޖިސްޓަރީވުމުގެ ފުރުޞަތު އޮންނާނެއެވެ.
އެސް.އެސް.ޑީ ތަކުގައި ރަޖިސްޓަރީކުރުމަށް ގުޅުއްވަނީ އަންނަނިވި އެސް.އެސް.ޑީ ނަންބަރުތަކަށެވެ.
ހިތަދޫ |
7789042 |
މަރަދޫ |
7789043 |
މަރަދޫފޭދޫ |
7789045 |
ފޭދޫ |
7789044 |
މީދޫ |
7789041 |
ހުޅުދޫ |
7789046 |
28 ރަމަޟާން 1441
21 މޭ 2020