އިޢުލާން
އައްޑޫ ސިޓީގައި ސެލޫންތައް ހުޅުވުމާއި ގުޅޭ:
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ޗ) އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 2020/39 އެންގުމުގެ މައްޗަށް ރިޢާޔަތްކޮށް، ކަނޑައެޅޭ ވަކި ވަގުތުތަކުގައި ސެލޫންތައް ހުޅުވާލުމުގެ ހުއްދަދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސެލޫން ހުޅުވައިގެން ޚިދުމަތް ދެމުން ގެންދަންވާނީ 2020 މޭ 22 ވަނަ ދުވަހުން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 18:00 އަށެވެ.
މީގެ އިތުރުން، ސެލޫންތަކުން ޚިދުމަތް ދިނުމުގައި އާއި އެތަންތަނުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އަމަލުކުރާނެގޮތުގެ ގައިޑްލައިން ތިރީގައި ބަޔާންކޮށްފައިވާނެއެވެ. އެހެންކަމުން މި ގައިޑްލައިންގައިވާ ގޮތުގެމަތިން ސެލޫން ތަކުންނާއި އެތަންތަނުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ޢަމަލުކުރަމުން ގެންދިއުމަށް ދަންނަވަމެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ހުއްޓުވުމަށް ސެލޫންތަކުންނާއި އެތަންތަނުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އަންނަނިވި ކަންކަމަށް ޢަމަލުކުރަމުން ގެންދިއުމަށް ދަންނަވަމެވެ. އެގޮތުން؛
- ސެލޫންތަކުން ޢަމަލުކުރަންޖެހޭ ކަންކަން:
(ހ) ސެލޫންތަކުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ތިބެންވާނީ މާސްކްއަޅައި އަންގި ލައްވައިގެން؛
(ށ) ސެލޫންތަކުން ޚިދުމަތް ދިނުމުގައި އެޕޮއިންޓްމަންޓް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސާފައިހުރުން؛
(ނ) ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި ދެމެދު ގައިދުރުކަން ބެހެއްޓޭނެގޮތަށް އިންތިޒާމް ހަމަޖައްސާފައިހުރުން؛
(ރ) ކޮންމެ ކަސްޓަމަރަކަށް ޚިދުމަށް ދިނުމަށްފަހު ބޭނުންކުރާ ތަކެތި ޑިސްއިންފެކްޓްކުރުން؛
(ބ) ސެލޫންތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އަމިއްލަ ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއް ދިނުން؛
(ޅ)
2. ސެލޫންތަކުން ޚިދުމަތް ހޯދާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ކަންތައްތައް:
(ހ) އެޕޮއިންޓްމަންޓް ހަމަޖެހުމުން ސެލޫންތަކަށް ޚިދުމަތް ހޯދުމަށް ދިއުން؛
(ށ) ސެލޫންތަކަށް ދިއުމުގެ ކުރިން އަދި ފަހުން އަތްދޮވުން ނުވަތަ ސެނަޓައިޒްކުރުން؛
(ނ) ސާފުތާހިރުކަމަށް އިސްކަންދޭ ސެލޫންތަކުން ޚިދުމަތް ހޯދުމަށް އިސްކަންދިނުން؛
(ރ) ސެލޫންތަކުން ޚިދުމަތް ހޯދާ އެހެން ފަރާތްތަކާއި ދެމެދު ގައިދުރުކަން ބެހެއްޓުމަށް އިސްކަންދިނުން.
(ބ) އޮންލައިންކޮށް ފައިސާ ދެއްކުން.
28 ރަމަޟާން 1441
21 މޭ 2020