އިޢުލާން
އައްޑޫގެ މިސްކިތް ތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމާ ގުޅޭ
ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުންގައި އަދި މޮނިޓަރިންގެ ޙާލަތުގައި ނެތް ހުރިހާ ރަށްތަކެއްގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާޢަތުގައި ނަމާދުކުރަން ފެށުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ވަނީ ނިންމަވާފައެވެ. އެހެން ކަމުން އައްޑޫސިޓީގެ މިސްކިތް ތަކުގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާޢަތުގައި ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފީމެވެ. މި ގޮތުން މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރާއިރު ސަމާލުކަން ދޭންވީ ކަންތައް ތަކަކީ:
- ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުން
- މާސްކު އަޅައިގެން މިސްކިތަށް ދިއުން
- ގެއިން މުސައްލަ ހިފައިގެން މިސްކިތަށް ދިއުން
- އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުން
- ރޯގާޖެހި، ކެއްސާ ކިނބިހި އަޅާނަމަ މިސްކިތަށް ނުދިއުން
- މިސްކިތުގައި ގިނަ ވަގުތު ހޭދަނުކުރުން
29 ރަމަޟާން 1441
22 މޭ 2020