އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮވިޑް-19 އާއި ގުޅިގެން ބަންދުކުރެވިފައިވާ އައްޑޫސިޓީގެ އައުޓްޑޯ ކުޅިވަރު ފެސިލިޓީސްތައް ހުޅުވުން

29 މޭއި 2020     3 years ago


ކޮވިޑް-19 އާއި ގުޅިގެން ބަންދުކުރެވިފައިވާ އައްޑޫސިޓީގެ އައުޓްޑޯ ކުޅިވަރު ފެސިލިޓީސްތައް ހުޅުވުން

 

މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަލި މިހާތަނަށް ފެތުރިފައިނުވާ، މޮނިޓަރިންގެ ޙާލަތުގައި ނުވާ ތަނެއްގެ ގޮތުގައި އައްޑޫ ސިޓީ ރިކޯޑް ކުރެވިފައިވުމާއެކު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ނަންބަރު 2020/03 (26 މޭ 2020)ގެ ދެންނެވުމާއި އެއްގޮތަށް މިސިޓީގެ އައުޓްޑޯ ކުޅިވަރު މައިދާންތައް 2020 މޭ 29 އިން ފެށިގެން ހުޅުވާލަން ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.

 

  1. ފުޓްބޯޅަ ދަނޑު، ފުޓްސެލް އެރީނާތައް އަދި އައުޓްޑޯ އާންމު ކުޅިވަރު މައިދާންތައް ބޭނުން ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް:
    1. ހުޅުވިފައި ހުންނަ ގަޑި: ހެނދުނު 06:00 އިން 18:00 އަށް.
    2. ކުޅިވަރު މައިދާންތަކަށް ކުޅުނުޖެހުން.
    3. ކުޅިވަރު މައިދާންތަކުގައި އުޅޭވަގުތު ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދިނުން.
    4. ރޯގާގެ އެއްވެސް ޢަލާމާތެއް ހުރިކަމަށް ފާހަގަކުރެވިފައިވާނަމަ ކުޅިވަރު މައިދާންތަކަށް ނުދިއުން.
    5. ކުޅެން ފެށުމުގެ ކުރިން އަދި ކުޅެނިމުމަށްފަހު ގްރޫޕް ހަދައި މައިދާންތަކުގައި މަޑުކޮށްގެން ނުތިބުން.

28 މޭ 2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-B/426/2020/170

ޕަބްލިޝް ކުރި ތާރީޚް: 29-05-2020

ސުންގަޑި: 2020-05-28 14:00:00