ކޮވިޑް-19 އާއި ގުޅިގެން ބަންދުކުރެވިފައިވާ އައްޑޫސިޓީގެ އައުޓްޑޯ ކުޅިވަރު މައިދާންތަކާއި ފަތާ ޓްރެކް ހުޅުވުމާއި ގުޅޭ
މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަލި މިހާތަނަށް ފެތުރިފައިނުވާ، މޮނިޓަރިންގެ ޙާލަތުގައި ނުވާ ތަނެއްގެ ގޮތުގައި އައްޑޫ ސިޓީ ރިކޯޑް ކުރެވިފައިވުމާއެކު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ނަންބަރު 2020/03 (26 މޭ 2020)ގެ ދެންނެވުމާއި އެއްގޮތަށް މިސިޓީގެ އައުޓްޑޯ ކުޅިވަރު މައިދާންތައް ހުޅުވާ ގަޑި އިތުރުކުރެވުމާއި އެކު ފަތާ ޓްރެކް 2020 މޭ 31 އިން ފެށިގެން ހުޅުވާލަން ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.
- ފުޓްބޯޅަ ދަނޑު، ފުޓްސެލް އެރީނާތައް، އައުޓްޑޯ އާންމު ކުޅިވަރު މައިދާންތައް އަދި ފަތާ ޓްރެކް ބޭނުން ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް:
- ހުޅުވިފައި ހުންނަ ގަޑި: ހެނދުނު 06:00 އިން 22:00 އަށް.
- ކުޅިވަރު މައިދާންތަކަށް ކުޅުނުޖެހުން.
- ކުޅިވަރު މައިދާންތަކުގައި އުޅޭވަގުތު ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދިނުން.
- ރޯގާގެ އެއްވެސް ޢަލާމާތެއް ހުރިކަމަށް ފާހަގަކުރެވިފައިވާނަމަ ކުޅިވަރު މައިދާންތަކަށް ނުދިއުން.
- ކުޅެން ފެށުމުގެ ކުރިން އަދި ކުޅެނިމުމަށްފަހު ގްރޫޕް ހަދައި މައިދާންތަކުގައި މަޑުކޮށްގެން ނުތިބުން.
- އެކަޑަމީތަކުން އެއްވެސް ހަރަކާތެއް ހިންގަންވާނީ އައްޑޫ އެމެޖެންސީ ސެންޓަރގެ ހުއްދަ ހޯދައިގެން.