ކޮވިޑް-19 އާއި ގުޅިގެން ބަންދުކުރެވިފައިވާ އައްޑޫސިޓީގެ އިންޑޯ ކުޅިވަރު ފެސިލިޓީސްތައް ހުޅުވުމާއި ގުޅޭ
މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަލި މިހާތަނަށް ފެތުރިފައިނުވާ، މޮނިޓަރިންގެ ޙާލަތުގައި ނުވާ ތަނެއްގެ ގޮތުގައި އައްޑޫ ސިޓީ ރިކޯޑް ކުރެވިފައިވުމާއެކު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ނަންބަރު 2020/03 (26 މޭ 2020)ގެ ދެންނެވުމާއި އެއްގޮތަށް މިސިޓީގެ އިންޑޯ ކުޅިވަރު ފެސިލިޓީސްތައް 2020 ޖޫން 02 އިން ފެށިގެން ތިރީގައި މިދަންނަވާ އުސޫލުތަކާއި އެއްގޮތަށް ހުކުރުދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކު ހުޅުވާލަން ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.
- ބެޑްމިންޓަން ފެސިލިޓީސް، ބޭނުން ކުރެއްވުމުގައި ސަމާލުކަން ދެއްވަންޖެހޭ ބައެއް މުހިންމު ކަންތައްތައް:
- ހުޅުވިފައި ހުންނަ ގަޑި: ހެނދުނު 07:00 އިން 09:00 އަށް، އަދި ހަވީރު 04:00 އިން ރޭގަނޑު 10:00އަށް،
- ބެޑްމިންޓަން 02 ކޯޓް ޤާއިމް ކުރެވިފައިވާ ހޯލެއްނަމަ އެއްފަހަރާ ވަންނަންވާނީ 08 ކުޅުންތެރިންކަމާއި ކޮންމެ ކުޅުންތެރިޔަކަށް ގިނަވެގެން 01 ގަޑިއިރުގެ ވަގުތު ކޯޓް ބޭނުންކުރެއްވުން.
- ބެޑްމިންޓަން ކުޅުއްވުމަށް ވަގުތު ހޯއްދަވާނީ ތިރީގައިމިވާ އީ-މެއިލް މެދުވެރިކޮށް ރިކުއެސްޓް ކުރައްވައިގެން.
- ހިތަދޫ އިޖުތިމާޢީ މަރުކަޒު: [email protected]
- ގަން އިޖުތިމާޢީ މަރުކަޒު: [email protected]
- މަރަދޫފޭދޫ އިޖުތިމާޢީ މަރުކަޒު: [email protected]
- ހުޅުދޫ އިޖުތިމާޢީ މަރުކަޒު: [email protected]
- އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓީކް އިޖުތިމާޢީ މަރުކަޒަށް ނުވެއްދުން.
- ބެޑްމިންޓަން ކުޅުއްވުމަށް ބޭނުންކުރައްވާ ޕާސަނަލް ކިޓްގައި ހިމެނޭ ސާމާނު ރަނގަޅަށް ޑިސް އިންފެކްޓްކުރެއްވުން.
- ކުޅިވަރު ހޯލުގައި އުޅުއްވާ ހުރިހާ ވަގުތެއްގައިވެސް ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދެއްވުން.
- ރޯގާގެ އެއްވެސް ޢަލާމާތެއް ހުރިނަމަ ކުޅިވަރު ފެސިލިޓީސް ބޭނުންނުކުރެއްވުން.
- ކޮންމެ ކުޅުންތެރިޔަކުވެސް ހޭންޑް ސެނަޓައިޒާ ކުޑަފުޅިއެއް ގެންގުޅުއްވުން.
- ކުޅެން ފެށުމުގެ ކުރިން އަދި ކުޅެނިމުމަށްފަހު ގްރޫޕް ހަދައި މަޑުކޮށްގެން ނުތިއްބެވުން.
- - މީގެ އިތުރުވެސް ބެޑްމިންޓަން ފެސިލިޓީސް ބަލަހައްޓަވާ ފަރާތުން އެކުލަވާލައްވާފައިވާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރެއްވުން.
- ޖިމް އިންޑޯ ފެސިލީސް، ބޭނުން ކުރުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް މުހިންމު ކަންތައްތައް:
- ހުޅުވިފައި ހުންނަ ގަޑި: ހެނދުނު 07:00 އިން 09:00 އަށް، އަދި ހަވީރު 04:00 އިން ރޭގަނޑު 10:00އަށް،
- އެއްވަގުތެއްގައި ޖިމް ބޭނުންކުރެއްވޭނީ ގިނަވެގެން 05 މެންބަރުންނަށް، 01 ގަޑިއިރަށް.
- ޖިމް ބޭނުންކުރެއްވުމަށް ވަގުތު ހޯއްދަވާނީ މި އިޢުލާނުގެ 1 ވަނަ މާއްދާގެ 1.3ގައި ބަޔާންކޮށްފައިވާ އީ-މެއިލް އެޑްރެސްތަކައް މެއިލްކުރައްވައިގެން.
- އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓީކް ޖިމަށް ނުވެއްދުން.
- ޖިމަށް ވަޑައިގަންނަވާއިރު ބޭނުންކުރައްވާ ކިޓްގައި ހިމެނޭ ސާމާނު (ތުވާލި، އަންގި، ބޫޓް އަދި ބެލްޓް ފަދަ ތަކެތި) ރަނގަޅަށް ޑިސްއިންފެކްޓް ކުރައްވައިގެން ބޭނުންކުރެއްވުން.
- ޖިމްގައި އުޅުއްވާ ހުރިހާ ވަގުތެއްގައިވެސް ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދެއްވުން.
- ޖިމްގައި ވޯކްއައުޓް ހައްދަވާ ކޮންމެ މެންބަރަކުވެސް ކުޑަ ހޭންޑް ސެނަޓައިޒާ ފުޅިއެއް ގެންގުޅުއްވުން.
- މީގެ އިތުރުވެސް ޖިމް ބަލަހައްޓާ ފަރާތްތަކުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އެއްގޮތުން ޢަމަލުކުރެއްވުން.
- އިންޑޯ ފެސިލިޓީސް ތަކުގައި ކުޅޭ އެހެނިހެން ކުޅިވަރުތައް ކުޅުމުގައި ސަމާލުކަން ދެއްވަންޖެހޭ މުހިންމު ބައެއް ކަންތައްތައް:
- ހުޅުވިފައި ހުންނަ ގަޑި: ހެނދުނު 07:00 އިން 09:00 އަށް، އަދި ހަވީރު 04:00 އިން ރޭގަނޑު 10:00އަށް،
- ކުޅިވަރު ކުޅެއްވުމަށް ވަގުތު ހޯއްދެވުމުގައި އިޖްތިމާޢީ މަރުކަޒުގެ އީ-މެއިލް މެދުވެރިކޮށް ރިކުއެސްޓް ކުރައްވައިގެން ވަގުތު ހަމަޖެއްސެވުން.
- ކުޅިވަރު ފެސިލިޓީސް ބަލަހައްޓާ ފަރާތްތަކުން އަންގަވާ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރެއްވުން.
31 މޭ 2020