އިޢުލާން
ޚާއްޞަ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ޢާއިލާތަކާއި ގުޅޭ.
އާރކް އެއިޑްގެ ފަރާތުން ޚާއްޞާ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ޢާއިލާތަކަށް ( ޙާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި ބެލެނިވެރިން، އެކަނިވެރިމައިން، ކޮވިޑްގެސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަށް) ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާތީ، މިފަދަ ފަރާތްތަކުގެ މަޢުލޫމާތު ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 04 ޖޫން 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި އޮފީހުގެ ނަންބަރު 6885753 ގުޅުއްވައި މަޢުލޫމާތު ޙިއްސާކޮށް ރަޖިސްޓްރީ ވުމަށް ދެންނެވީމެވެ.
- ފުރިހަމަނަން:
- ދާއިމީ އެޑްރެސް:
- މިހާރު ދިރިއުޅޭ އެޑްރެސް:
- އައި.ޑީ.ކާޑު ނަންބަރު:
- ދަރިން ތިބިނަމަ (ކުދިންގެ ފުރިހަމަ ނަން :އައި.ޑީ.ކާޑު ނަންބަރު، އުމުރު)
- އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ އެލަވަންސް ލިބޭފަރާތެއްތޯ؟
- ޢާއިލާއާއި ގުޅޭނެ މޮބައިލް ނަންބަރު:
އަދި މީގެ އިތުރުންވެސް މިފަދަ ޚާއްޞަ ކާރިސާއެއް ނުވަތަ ޙާލަތެއް ދިމާވެއްޖެނަމަ ޚާއްޞަ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ޢާއިލާތަކުގެ މަޢުލޫމާތު، އެ ހާދިސާއެއް ހިނގާތާ ހަފްތާއެއްގެ ތެރޭގައި މިއޮފީހަށް އެންގެވުން އެދެމެވެ.
10 ޝައްވާލް 1441
02 ޖޫން 2020