އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2020 ޖޫން 29 ވާ ހޯމަދުވަހު އައްޑޫސިޓީ ގަމުގެ ދެކުނުފަރާތުން 3000 މީޓަރ ކައިރިން ދަތުރު ނުކުރެއްވުން

28 ޖޫން 2020     3 years ago


އިޢުލާން

2020 ޖޫން 29 ވާ ހޯމަދުވަހު އައްޑޫސިޓީ ގަމުގެ ދެކުނުފަރާތުން 3000 މީޓަރ ކައިރިން ދަތުރު ނުކުރެއްވުން:

އެމް.އެން.ޑީ.އެފް ސަދަން އޭރިއާގެ ފަރާތުން، އެ އޭރިއާގެ ސިފައިންނަށް ކުރިއަށް ގެންދެވޭ ތަމްރީނު ޕްރޮގްރާމެއް، 2020 ޖޫން 29 ވާ ހޯމަދުވަހު ހެދުނު 7:00 އިން ހަވީރު 6:00 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސިފައިންނަށް ހިންގަވާ މި ތަމްރީނު ޕްރޮގްރާމުގައި، ހަތިޔާރާއި ގޮވާ ތަކެތި ބޭނުން ކުރެވޭނެއެވެ. އަދި މިގޮތުން ބޭނުންކުރާ ހަތިޔާރުތަކުގެ ވަޒަން ދަތުރު ކުރާނީ، ގަމުގެ ދެކުނުފަރާތުން ކަނޑާއި ދިމާލަށް 3000 މީޓަރ ދުރުމިނަށެވެ.

ވީމާ، އެކި ބޭނުންތަކުގައި މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށާއި، ތަމްރީނު ކުރިއަށްދާ ގަޑީގައި ގަމުގެ ދެކުނު ފަރާތުން 3000 މީޓަރ ކައިރިން ދަތުރު ނުކުރެއްވުމަށް، ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

       07 ޛުލްޤަޢިދާ 1441

       28 ޖޫން    2020



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2020/205

ޕަބްލިޝް ކުރި ތާރީޚް: 28-06-2020

ސުންގަޑި: 2020-06-29 18:00:00