އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫ ކުދުކުދިންގެ ޕާކް ތަރައްޤީ ކުރުމަށް

11 އެޕްރީލް 2017     7 years ago


މަރަދޫފޭދޫ ކުދުކުދިންގެ ޕާކް ތަރައްޤީ ކުރުން

 

އައްޑޫސިޓީގެ މަރަދޫފޭދޫ ކުދުކުދިންގެ ޕާކް ތަރައްޤީ ކުރުމަށް ބޭނުންވާތީ މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިފުރުސަތު ހުޅުވާލަމެވެ.

މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފާރާތްތަކުން 16 އެޕްރީލް 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 20 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯސަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސް ހޯލްއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

13 ރަޖަބް 1438

10 އެޕްރީލް 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/58

ޕަބްލިޝް ކުރި ތާރީޚް: 11-04-2017

ސުންގަޑި: 2017-04-16 11:00:00