އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ އެކިސަރަހައްދުތަކުގައި ކުނިއެޅުން މަނާކުރާ ބޯޑު ހަރުކުރުމުގެ މަސައްކަތް

16 އެޕްރީލް 2017     7 years ago


އައްޑޫސިޓީގެ އެކިސަރަހައްދުތަކުގައި ކުނިއެޅުން މަނާކުރާ ބޯޑު ހަރުކުރުމުގެ މަސައްކަތް

 

އައްޑޫސިޓީގެ އެކިސަރަހައްދުތަކުގައި ކުނިއެޅުން މަނާކުރާ ބޯޑު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

މި އިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 18 އެޕްރީލް 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 24 އެޕްރީލް 2017 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލް ގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯސަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލް އަށްވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

 

16 ރަޖަބު 1438

13 އެޕްރީލް 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/59

ޕަބްލިޝް ކުރި ތާރީޚް: 16-04-2017

ސުންގަޑި: 2017-04-18 11:00:00