އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ހިތަދޫ އަވަށު ކަސަބާދަނޑުގައި ނުނިމިހުރި މަސައްކަތް ނިންމުން

5 އޮކްޓޯބަރ 2016     4 years ago


އައްޑޫސިޓީގެ ހިތަދޫ އަވަށު ކަސަބާދަނޑުގައި ނުނިމިހުރި މަސައްކަތް ނިންމުން

 

އައްޑޫސިޓީގެ ހިތަދޫ އަވަށު ކަސަބާދަނޑުގައި ނުނިމިހުރި ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AB/426/2016/201 އިޢުލާނަށް ހުށަހެޅުނު ބީލަންތައް އެކަށީގެންވާ ވަރަށް ވުރެ އަގުބޮޑުކަމަށް ވާތީ މިއިޢުލާން ބާޠިލްކޮށް މިފުރުސަތު އަލުން ހުޅުވާލަމެވެ.

 ވީމާ މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 އޮކްޓޯބަރު 2016 ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 17 އޮކްޓޯބަރު 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.          

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

04 މުޙައްރަމް 1438 

05 އޮކްޓޯބަރު 2016



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2016/222

ޕަބްލިޝް ކުރި ތާރީޚް: 05-10-2016

ސުންގަޑި: 2016-10-17 00:00:00